ގޯލްޑަން ފުޓްސަލް ޗެލެންޖު-2025 ގައި ކ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އަދި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް މާފުށީ ޓީމުގެ ޖާޒީ ނަންބަރު 8 އަޙްމަދު ޝަމާލް ހޮވިއްޖެއެވެ.
އަޙްމަދު ޝަމާލަކީ ފުޓްބޯޅައިގާ ވިދަމުން އަންނަ ށ. ފޯކައިދޫއަށް އުފަން ޒުވާނެކެވެ. އޭނާއަކީ ފޯކައިދޫ އެފްސީއަށް ލިބިފައިވާ ކާމިޔާބީތަކުގެ އެއް ހިއްސާދާރެވެ. އަދި ޒުވާނުންގެ ކުޅިވަރު ޙަރަކާތްތަކުގައި އިސް ދައުރެއް އަދާކުރަމުން އަންނަ މީހުންނާ ގުޅޭ ވަރަށް ހުނަރުވެރި ޒުވާނެކެެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ފޯކައިދޫ އެފްސީ ވާދަނުކުރިނަމަވެސް ޝަމާލް މިވަނީ ކުޅުމުގެ ފުރުޞަތު ހޯދާ ފުރިހަމަ ކާމިޔާބީތަކެއް ވެސް ޙާޞިލުކޮށްފައެވެ. ޝަމާލްގެ މި ކާމިޔާބީތައް ފާހަގަކޮށް ފޯކައިދޫގެ ޒުވާނުން ގެންދަނީ އޭނާއަށް މަރުޙަބާ ކިޔާ ހިތްވަރު ދެމުންނެވެ.