މިލައުތުރު

ޤަބޫލުކުރިޔަސް ނުކުރިޔަސް ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކީ ކުރިސްޓިއާނޯ – އެނާ މާކޮވިޗް

ދުނިޔޭގައި މިހާތަނަށް ފެނިފައިވާ އެންމެ މޮޅު އަދި އެންމެ ކާމިޔާބު ފުޓުބޯޅަ ކުޅުންތެރިޔަކީ ކުރިސްޓިއާނޯ ރޮނާލްޑޯ ކަމަށް ކުރޮއޭޝިޔާގެ މަޝްހޫރު އަންހެން ފުޓުބޯޅަ ތަރިއެއް ކަމަށްވާ އެނާ މާކޮވިޗު ބުނެފިއެވެ.

އޭނާ ބުނެފައިވަނީ އެންމެ ގިނަ ތަށި ނެގީ ކާކުތޯ ބަލަން އޭނާ ބޭނުން ނުވާކަމަށާއި، ކުރިއަށް އޮތް ޖެނެރޭޝަންތަކަށް ފުޓުބޯޅައަށް އޮތް ލޯބި އިތުރު ކޮށްދީ ޝައުޤުވެރިކަން އިތުރުކޮށްދިނީ ރޮނާލްޑޯ ކަމަށާއި، އޭނާގެ ޚިދުމަތްތަކާ އަޅާކިރާލެވޭނެ ވަރުގެ ދެވަނަ މީހަކު ނެތްކަމަށެވެ.

އަދި ކުރިސްޓިއާނޯ ރޮނާލްޑޯގެ ޚިދުމަތަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވާ ކަމަށާއި، އޭނާގެ އެންމެ ބޮޑު ސަޕޯޓަރުގެ ގޮތުގައި އަބަދުވެސް ހުންނަން ބޭނުންވާ ކަމަށާއި، އެކަމުގައި އިތުރު ބަހުސެއް ނެތްކަމަށެވެ.

© 2023 milauthuru. All rights reserved.