އުސްތާޛް ޒަކީ

އެމްޕީއެލްގެ ކުރީގެ ސީއީއޯ: ކާމިޔާބީތަކުގެ ތަފުޞީލާއެކު ވަޖީހު ފޭސްބުކަށް ދޫކޮށްލެއްވީ ދިގު ބަޔާނެއް.

އެމްޕީއެލްގެ ސީއީއޯ މަގާމުން އެބޭފުޅާ ރޭގެ ވަގުތެއްގައި ވަކިކުރައްވާފައި ވާއިރު، މީގެ 1 ދުވަސް ކުރިން މާލޭ ކޮމާޝަލް ހާބަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާތީ ޝުކުރުވެރިވާ ކަމަށެވެ.

ވަޖީހުގެ ކާމިޔާބީ ފާހަގަކުރައްވައި 6 ނުކުތާއެއް ފާހަގަކުރައްވާފައި ވެއެވެ.

  1. ތިލަފުށި ޕޯޓުގެ މަސައްކަތް ކުރުމަށް ރޭވިފައިވަނީ، އެމްޕީއެލްގެ އަމިއްލަ ފައިނޭންސް އާއި، ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން.
  2. ބޭރުގެ އެއްވެސް ފަރާތެއްގެ އެއްވެސް ކަންޓުރޯލެއް އަދި ހިއްސާއެއް ނޯންނާނެއެވެ. %100 ދިވެހި ސަރުކާރުގެ ކަންޓުރޯލާއި ޝެއަރ އޮންނަ ގޮތަށް.
  3. ⁠މިހާރު ފެށިގެން ކުރިޔަށް ދަނީ އިންޓަރގުރޭޓެޑު ލޮޖިސްޓިކު އޭރިޔާގެ މަސައްކަތެވެ. މި މަސައްކަތް ނިމުމުން، މާލޭ ޕޯޓުގައި އޮތް ތޮއްޖެހުމަށް ލުޔެއް ލިބި، އޮޕަރޭޝަން އަވަސް ވެގެން ދާނެއެވެ. މިމަސައްކަތް ކުރިޔަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި ނިއްމާލައި ޚިދުމަތް ދެވޭނެ.
  4. ބަލްކު ކާގޯ ޓާމިނަލެއްގެ މަސައްކަތް ވަރަށް އަވަހަށް ފަށައި، މިއަހަރުގެ އޮކްޓޯބަރަށް ނިއްމާލުމަށް ވަނީ ރޭވިފައެއެވެ. އެޓާމިނަލުން ކޮންޓެއިނަރ ބޯޓު ފަހަރަށް ވެސް ޚިދުމަތް ދެވޭނެ އެވެ. ޓާގެޓަކީ، 18 ގަޑި އިރާއި 36 ގަޑިއިރުގެ ތެރޭގައި ކޮންޓެއިނަރ ބޯޓަށް ޚިދުމަތްދީ ފުރުވާލުމެވެ. އޭރުން މިހާރު ކޮލޮމްބޯ އިން އަންނަ ކޮންޓެއިނަރ ގެ ފުރެއިޓަށް ނަގާ 1200 ވަރަކަށް ޑޮލަރުން 800 އާއި 900 ޑޮލަރާއި ދެމެދުގެ އަދަދަކަށް ކެނޑިގެން ދާނެއެވެ. މި ބަދަލުވެސް މިއަހަރު ތެރޭ ގެނެވޭ ގޮތަށް ކަންކަން ހުރީ ރޭވިފައި.
  5. ⁠އިންޓަނޭޝަނަލް ކޮންޓެއިނަރ ޓާމިނަލްގެ މަސައްކަތް ވެސް ނިމި މުޅި ޕޯޓު ރަސްމީކޮށް ހުޅުވަން ޕުލޭންކޮށްފައިވަނީ، ރައީސް ޑރ. މުޙައްމަދުގެ މުޢިއްޒުގެ އިރުޝާދާއި އެއްގޮތަށް 2027 ޖުލައި 26 ގައެވެ. އެކަން ވެސް އެގޮތަށް ކުރިޔަށް ގެންދެވޭ ގޮތަށް ހުރީ ކަންކަން ރޭވިފައި.
  6. ⁠މިބަދަލާ އެކު މާލޭ ނޯތު ޕޯޓާއި ޓީޖެޓީ އިން ދޭ ޚިމަތްތައް ވެސް ތިލަފުށީ ޕޯޓަށް ބަދަލް ކުރެވޭނެ.

ނިންމާލައްވަމުން ވިދާޅުވެފައިވަނީ، ޕުލޭނު ކުރެވިފައިވާ ގޮތަށް މާލޭ ކޮމާޝަލް ހާބަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ ތައުފީޤުދެއްވައި އެމްޕީއެލް އަށާއި ދިވެހި ގައުމަށް ރޯޝަނީ މުސްތަގުބަލެެއް މިންވަރުކުރެއްވުން އެދި ދުޢާ ކުރައްވާ ކަމަށެވެ. އަދި އެމްޕީއެލްގެ ލޮބުވެތި ހުރިހާ މުވައްޒަފުންނަށް ހިތުގެ އެންމެ ފުންމިނުން ލޯތްބާއެކު ޝުކުރު އަދާކުރައްވާ ކަމަށެވެ.

© 2023 milauthuru. All rights reserved.