މިލައުތުރު

ތަޢުލީމާބެހޭ ވުޒާރާ ދުވަހަކު ބޮއްސުންނުލާވަރަށް ބޮއްސުންލާފައި، އަދިވެސް ވަޒީރަކީ ރައީސްގެ ފޭވަރިޓެއް!

ދިވެހިރާއްޖޭގެ ތައުލީމާބެހޭ ވުޒާރާ މީންދުވަހަކުވެސް ބޮއްސުންލައިގެން ނުދާ ވަރަށް ބޮއްސުންލާފައިވާ ކަމަށް ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ތުހުމަތު ކުރަން ފަށައިފިއެވެ.

އެހެން ނަަމަވެސް އަދިވެސް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު އަކީ ރައީސް ޑރ. މުއިއްޒުގެ އެންމެ ފޭވަރިޓު އެއް ބޭފުޅެއް ކަމަށް ވެއެވެ. އަދި ކޮންމެ ޙާލަތެއްގައި ވެސް އެމަނިކުފާނުގެ ވަޒީރުކަމުގެ މަޤާމު ދިފާއު ކޮށްދެއްވާނެކަމަށް ޚުދު ވަޒީރު ވެސް ވިދާޅުވަމުން ގެންދަވާކަމަށް ވެއެވެ. ނަމަވެސް މި ސަރުކާރަށް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވަނީ ތަޢުލީމާބެހޭ ކަންކަމުގެ އިދާރީ ހިންގުންތެރިކަމާ ގުޅޭގޮތުން ކަމަށް ބެލެވެއެވެ. އަދި ތައުލީމީ ދާއިރާއަށް އެއްވެސް ކުރިއެރުމެއް ނައިސްވުމުގެ އިތުރުން ސްކޫލްތަކުގެ ވެރިންނާއި މުދައްރިސުން ބޮޑު ހާސްކަމެއްގެ ތެރެއަށް ވައްޓާލާފައިވާ ކަމަށެވެ.

ޑރ. އިސްމާއީލް ޝަފީއު ބޮޑުތަނުން ފެއިލްވެއްޖެ ކަމަށާއި، އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަމާއި ގޮތްދޫނުކުރުމާއި މަމޮޅުކަމަކީ މުޅި ސިޔާސީ މައިދާނުގައި ތިބި އެންމެން ދަންނަކަމެއް ކަމަށާއި، ކުރިންވެސް ގަޅި އަދި މިހާރުވެސް ވަރަށް ގަޅި މީހެއް ކަމަށް އޭނާއާ އެކު އެއްކުލާހުގައި ކިޔަވަން އުޅުނު ބައެއް މީހުން ބުނެއެވެ.

މިލައުތުރަށް މަޢުލޫމާތު ޙިއްސާކުރި މީހަކު ބުނިގޮތުގައި މިހާރު ރައީސް މުއިއްޒުއަށް އެންމެ ގިނައިން ހުށަހެޅޭ އެއް ޝަކުވާއަކީ ވެސް ވަޒީރު ބަދަލުކޮށްދިނުމަށް އެދި ހުށަހެޅޭ ޝަކުވާތައް ކަމަށް ވެއެވެ. ރައްޔިތުންގެ މަޖިލިސްގެ ބައެއް ޢިއްޒަތްތެރި މެންބަރުން ވެސް އެމަނިކުފާނު ވަކިކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާ ކަމަށް ވެސް ވެއެވެ. އެހެންނަމަވެސް އެމަނިކުފާނަކީ ރައީސްގެ ވަރަށް އަރިސް ބޭފުޅަކަށް ވާތީ، މިހާތަނަށް އަދި އެއްވެސް ފިޔަވަޅެ އަޅުއްވާފައެއް ނުވެއެވެ.

ޑރ. އިސްމާއީލްގެ އިތުރުން އެވުޒާރާގައި އުޅުއްވާ ބައެއް ސްޓޭޓް މިނިސްޓަރުންގެ ކަމަކީ ދިރާސާކުރުން ކަމަށާއި، އެބޭބޭފުޅުން ވިދާޅުވާގޮތުގައި އެއީ ސިޔާސީ ބޭފުޅުން ނޫންކަމަށް ވިދާޅުވާ ކަމަށާއި، ހަރުދަނާ އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށެވެ. ސަރުކާރުގެ ތަޢުލީމީ ސިޔާސަތު ތަންފީޒުކުރެއްވުމަށާއި، ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރެއްވުމަށް ކުރާ އެއްވެސް ކަމެއް އަމުދުން ނެތް ކަމަށެވެ.

އެ ވުޒާރާގައި ޖުމްލަ 40 އަށް ވުރެ ގިނަ ސިޔާސީ ބޭފުޅުން ތިއްބަވައެވެ. ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގެ 5 ބޭފުޅުން ތިއްބަވާކަމަށާއި، އެއިން އެއްވެސް ބޭފުޅަކަށް ވެސް އިޚުތިޔާތަކެއް ދެއްވާފައިނެތް ކަމަށާއި، ސީދާ ވަޒީރަށް ފެނިލައްވާ ގޮތް ނޫން ގޮތަކަށް ކަމެއް ކުރެއްވުމަކީ ޙަރާމް ކަމެއް ފަދަ ކަމަށް ބައެއް މުވައްޒަފުން ބުނެއެވެ.