ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރާ ”ޖޫސީ ސްމޯކް ޗިކަން“ ހިމެނޭ މެނޫއާއެކު ”ދަ ސޮސެޖު ހައުސް“ މިއަދު ހަވީރު 17:00 ގައި ހުޅުވަން ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށް ދަ ސޮސެޖު ހައުސް ކުންފުނިން ބުނެފިއެވެ.
މިތަން ހުންނަނީ ބުރުޒުމަގުގައި މާފަންނު މާނަފުށި ގޭގައި ކަމަށާއި، މިއަދުގެ 17:00 ގެ ފަހުން ޚިދުމަތްދޭން ފަށާނެކަމަށް އެކުންފުނިން ބުނެއެވެ. ކޮފީ އާއި، އާންމު ބުއިންތަކާއި، ހެދިކާ އާއި، ހޮޓްޑޯގްގެ ތަފާތު ވައްތަރުތަކުގެ އިތުރުން އެންމެ ޚާއްސަ އައިޓަމެއްގެ ގޮތުގައި ޕިޓާ ބްރެޑާއެކު ޖޫސީ ސްމޯކް ޗިކަން ލިބެން ހުންނާނެ ކަމަށް ވެސް އެކުންފުނިން މަޢުލޫމާތު ދެއެވެ. ސޮސެޖު ހައުސްއިން ތައްޔާރުކުރާ ކުކުޅަކީ ވަރަށް ތަފާތު ރެސިޕީއެއް ކަމަށާއި، ރައްކާތެރި ގޮތުގައި ތައްޔާރުކުރެވޭ ފެންވަރު ރަނގަޅު މެނޫ އައިޓަމެއް ކަމަށާއި، ބަންދުކުރެވިފައި ހުންނާނީ ޖޫސީކަމާ ރަހައަށް އެއްވެސް ބަދަލެއް ނާންނާނެގޮތަށް ވެކިއުމް ކޮތަޅަށް ލެވިފާ ކަމަށާއި، އަޖުމަ ބަލާލައިފި ކޮންމެ މީހަކު އިތުރަށް ގަންނަހިތް ވާނެ ކަމަށެވެ.
ދަ ސޮސެޖު ހައުސްއިން މިއަދު ތައާރަފުކުރާ ކުކުޅަކީ ފަންނީ މާހިރުންގެ އެހީގައި ވަރަށް ބޮޑަށް ދިރާސާކުރެވިގެން ތައްޔާރުކުރެވިފައިވާ މެނޫ އައިޓަމެއް ކަމަށާއި، އާންމުކޮށް ލިބެން ހުންނަ ކުކުޅު މެނޫ އައިޓަމްތަކާ ތަފާތުވާނެ ކަމަށެވެ. އެކުންފުނިން އިތުރަށް ބުނީ އެއީ 6 މަސްދުވަހުގެ ހޯދުންތަކެއްގެ ނަތީޖާއެއް ކަމަށާއި، އޭގެ ރަހަ އާއި ފެންވަރާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
ދަ ސޮސެޖު ހައުސްގެ ބަދިގެ ފަރުމާކުރެވިފައިވަނީ އެމީހުންގެ އަމިއްލަ ސޮސެޖުގެ ވެރައިޓީތައް ތައްޔާރުކުރެވޭ ގޮތަށް ކަމަށާއި، ސޮސެޖު ތައްޔާރުކުރުމަށް ބޭނުންވާ ހުރިހާ މެޝިނަރީއެއް ވެސް ބަހައްޓާ ނިމިފައިކަމަށާއި، ނަމަވެސް ސޮސެޖު ހަދަން ފަށާނީ އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކޮށް ނިމުމުން ކަމަށާއި، އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ދަ ސޮސެޖު ހައުސްއިން އުފައްދާނީ ސޮސެޖު ހައުސްގެ އަމިއްލަ ރެސިޕީއަަށް ތައްޔާރުކުރެވޭ ސޮސެޖު ކަމަށެވެ.
ކެފޭ އަށް އައިސް އަޖުމަ ބަލައިލެވޭނެ ކަމަށާއި، އޯޑަރުކުރުމުން ގޭގެއަށް ޑެލިވަރީ ވެސް ކޮށްދޭނެ ކަމަށް ދަ ސޮސެޖު ހައުސް އިން ބުނެއެވެ. ރަސްމީކޮށް ހުޅުވުމާއެކު ހޮޓްލައިން ކަމުގައިވާ 9206004 ނަންބަރަށް ގުޅައިގެން އޯޑަރު ކުރެވޭނެ ކަމަށެވެ.
One Reply to “ދަ ސޮސެޖު ހައުސް ހުޅުވަނީ، ރަހަމީރު ”ޖޫސީ ސްމޯކް ޗިކަން“ ތައާރަފުކުރާނެ.”
ސަނަމް
ސަޅި
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި