ފުރާންސުގެ ފަސްޓުލޭޑީ ބްރިޖެޓް މެކްރޯން އަކީ ފިރިހެނެއް ކަމަށް ބުނާ އަޑުތައް އިތުރަށް ގަދަވާން ފަށައިފިއެވެ. ފުރާންސްގެ ރައީސް އިމަނުއޭލް މެކްރޯނުގެ އަނބިކަލުންނަކީ ފިރިހެނެއް ކަމަށް ބުނެ އެންމެ ފުރަތަމަ ރިޕޯޓުކުރީ 2021 ވަނަ އަހަރުއެވެ. އެއީ ފަރަންސޭސި ނޫހެއް ކަމަށްވާ ފެކްޓްސް އެންޑް ޑޮކިއުމަންޓްސް އިންނެވެ. އެ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން، ބްރިޖިޓް މެކްރޯން އަކީ އުފަންވުމުގައި ފިރިހެނެކެވެ. ނަމަވެސް، ޖިންސު ބަދަލުކުރާ އޮޕަރޭޝަނެއްކޮށް، އަންހެނަކަށް މުޅިން ބަދަލުވީއެވެ.
2021 ވަނަ އަހަރުން ފެށިގެން ފަރަންސޭސި ރަސްމީ ފަރާތްތަކާއި ރައީސް މެކްރޯންގެ އާއިލާގެ މަސްލަޙަތަށް މަސައްކަތްކުރާ ގާނޫނީ ވަކީލުން ބުނަމުން އަންނަނީ ބުރިޖިޓްއާ ބެހޭގޮތުން ފެތުރިފައިވާ ވާހަކަތަކަކީ ހަގީގަތެއްނެތް ދޮގުވާހަކަތަކެއް ކަމަށެވެ. މީގެއިތުރުން ބްރިޖިޓް މެކްރޯންވެސް ވަނީ އެފަދަ އަޑުތައް ފެތުރި ބައެއް މީހުންނާ ދެކޮޅަށް ދައުވާވެސް ކުރައްވާފައެވެ. މިފަހުން ބްރިޖިޓާ ގުޅިގެން ދެކެވޭ ވާހަކަތައް ގަދަވާން ފެށީ ކެންޑެސް އޮވެންސްގެ ސަބަބުން ކަމަށް ވަރަށް ގިނަމީހުން ދެކެއެވެ. އެމެރިކާގެ ރައްޔިތެއް ކަމުގައިވާ ކެންޑެސް އޮވެންސްއަކީ، ބްރިޖިޓްއަކީ އަންހެނެއް ކަމަށް ބުނެ ފެތުރޭ އަޑުތައް އިތުރަށް ފެތުރުމާއި އެ މައްސަލަ ދިރާސާކުރުމަށް ޚާއްޞަ ސަމާލުކަމެއްދޭ އަދި ވަރަށް ގިނަބަޔެއްގެ މަގުބޫލުކަން ޓިކްޓޮކްގައިވެސް ހޯދާފައިވާ މަޝްހޫރު މީހެކެވެ.
ދާދިފަހުން ކެންޑެސްވަނީ ”ބިކަމިން ބްރިޖިޓް“ ގެ ނަމުގައި ޑޮކިއުމެންޓްރީއެއްވެސް ތައްޔާރުކޮށްފައެވެ. މި ޑޮކިއުމަންޓްރީއަށް ފަހު ބްރިޖެޓަކީ ހަމަ އަސްލުވެސް ފިރިހެނެއް ކަމަށް ބުނާ މީހުން އަންނަނީ އިތުރު ވަމުންނެވެ. މީގެ އިތުރުން، ރައީސް މެކްރޯން އާއި ބްރިޖިޓްގެ އުމުރުގެ ފަރަގާބެހޭ ގޮތުންވެސް މީހުން އަންނަނީ ވާހަކަ ދައްކަމުންނެވެ. ރައީސް މެކްރޯން އަނބިކަނބަލުން ބްރިޖެޓަށް ވުރެ 24 އަހަރު ހަގެވެ. ބްރިޖެޓަށް މެކްރޯން ފެނިލެއްވިކަމަށްވަނީ މެކްރޯންގެ އުމުރުން 15 އަހަރުގައެވެ. ބްރިޖިޓް އެއިރު މަސައްކަތްކުރެއްވީ މެކްރޯން ސާނަވީ ތައުލީމު ކިޔަވާ ވިދާޅުވާން އުޅުއްވި ސުކޫލުގައި ޑްރާމާ ޓީޗަރަކަށެވެ. ބްރިޖެޓް ވިދާޅުވެފައިވާގޮތުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެކަމަނާއަށް މެކްރޯންދެކެ ވަނީ ލޯބި ވެވިފައެވެ.