މިލައުތުރު

ވަގަށް ސިނގިރޭޓް ވިއްކުމުގައި ވެސް ފުލުހުންގެ ބޮޑުންތަކެއް، ހާދަ ދެރައޭ!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފުރީ ފިހާރައަކުން ވަގަށް ސިނގިރޭޓު ބޭރުކުރި ނެޓްވޯކުގެ އަޑީގައި ވެސް ފުލުހުންގެ ވަރަށް އިސް ވެރިންގެ ބަޔަކު ތިބި ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބަލަން ފަށައިފި ކަމަށް އަދަދު ނޫހުން ރިޕޯޓުކޮށްފިއެވެ.

އެ މައްސަލައިގެ ތުހުމަތު ކުރެވޭ ފުލުހުންގެ ދެ ވެރިންގެ ތެރެއިން އެކެއްގެ އެކައުންޓުގައި ގިނަ އަދަދެއްގެ ފައިސާ ހުރިކަން ތަހުގީގަށް ހޯދިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަަމަށާއި، އިތުރު ތަފުޞީލުތަކެއް ފުލުހުން އަދި ނުދެއްވައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނޭ ދަފްތަރު ނަންބަރު ރސ 14358 މާލެ ޔޫސުފް ނަޒީރު (38 އަހަރު) އަކީ ވެސް ފުލުހެކެވެ. ނަމަވެސް ބަންދާ މެދު ގޮތެއް ނިންމުމަށް  ކޯޓަށް ހާޒިރުކުރުމުން ޝަރުތަކާއެކު ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.

މިއީ ޤާނޫނު ތަންފީޒުކުރުމުގެ ޒިންމާ އަދާކުރާ ދައުލަތުގެ އެންމެ މުހިންމު މުއައްސަސާއަށް ވެފައި، ޤާނޫނުތައް މުގުރާ ވެރިން ތިބޭކަމީ ވަރަށް ވެސް ހިތާމަހުރި ކަމެކެވެ. ރައްޔިތުންގެ އިތުބާރު ހޯދުމަށް ނުހަނު މަސައްކަތް ކުރާންޖެހިފައި އޮތް ފުލުހުންގެ އިދާރާއަށް އަނެއްކާ ވެސް ރައްޔިތުންގެ އިތުބާރު ގެއްލުނީއެވެ.

One Reply to “ވަގަށް ސިނގިރޭޓް ވިއްކުމުގައި ވެސް ފުލުހުންގެ ބޮޑުންތަކެއް، ހާދަ ދެރައޭ!”

  1. ސުން

    ކޮން ޢިތުބާރެއް ޢޮންނަނީ.ޙުޅުމާލެ ކަންނެލި ޖެޓީގަ ހުންނަ ކެފޭގައި ޥަގަށް އެތެރެކޮންގެން އުޅޭ ސިގިރެޓާއި ވަކި ސިގިރެޓް ފުޅާ ދާއިރާއެއްގައި ވިއްކާ.ފުލުހުން ގަނޭ.ވިއްކާ އިރު ކައިރީގަތިބޭ.ވިއްކާކަން އިންގޭ.މަނާ ކަމެއްކަންވެސް އިނގޭ.ކީއްވެ ނުހުއްޓެނީ؟އެކަހަލަ ހުރިހާ ކަމެއްގެ އަޑީގަ ފުލުހުންތިބޭ.ދެން ވިސްނާލަ ކަންތައް ރަނގަޅުވާނެ ވަރު .

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި