ޝާން މުޙައްމަދު

ގަން އެއާރޕޯޓް މަޝްރޫއަށް ހުރަސްއަޅަނީ އީކުއޭޓަރ ވިލެޖް ނަމަކަށް ކިޔާ ދުވަސްވެފައިވާ ރިސޯޓަކުން

އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއަޕޯޓުގެ މަޝްރޫއުގެ ތެރެއިން ކުރިޔަށް ގެންދާ މަގުހެދުމުގެ މަސައަކަތް ހުއްޓިފައި އޮތީ ގަމުގައި ހުރި އީކުޓަރ ވިލެޖް ނަމަކަށް ކިޔާ ދުވަސްވެފައިވާ ރިސޯޓެއްގެ ސަބަބުންކަން ހާމަވެއްޖެއެވެ.

ސަރުކާރުން ވަނީ މި އެއަޕޯޓު ތަރައްޤީގެ މަޝްރޫއުގެ ތެރެއިން ހަދަމުން އަންނަ މަގު ހެދުން ވަކި ހިސާބަކުން ހުއްޓާލުމަށް މި މަޝްރޫއު ހިންގާ އިންޑިއާގެ ރެނާޓަސް ކުންފުންޏަށް އަންގާފަ އެވެ. ސަރުކާރުން އެ ކުންފުންޏަށް މިގޮތަށް އެންގީ އީކުއޭޓަރ ވިލެޖުގައި މަސައްކަތް ކުރާ ބިދޭސީން ތިބޭ ގަމުގެ މުސްކުޅި އިމާރާތެއް ނަގަން ޖެހޭތީ އެކަމާއި އީކުއޭޓާ ވިލެޖުން ދެކޮޅު ހެދުމާއި ގުޅިގެންނެވެ.

ސަރުކާރުން ބުނީ އީކުއޭޓަރ ވިލެޖުން މި އިމާރާތް ނަގަން ހުއްދަ ނުދިނުމުގެ ސަބަބުން މަގުހެދުމުގެ މަޝްރޫއު ނިންމަންޖެހޭ މުއްދަތަށް ނިންމުމަށް ދަތިވެ، އޭގެ ސަބަބުން ކޮންޓްރެކްޓަރަށް ބަދަލުދޭން ޖެހޭފަދަ ހާލަތެއް މެދުވެރިވެ ދައުލަތަށް މާލީގޮތުން ގެއްލުންވެދާނެތީއެވެ. އަދި އެ އިމާރާތް ހިމެނޭ ސަރަހައްދުގެ މަގުގެ ބައި މަޝްރޫއުން އުނިކުރަން ބޭނުންވާކަން ކޮންޓްރެކްޓަރަށް އެންގުމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑަށް ސަރުކާރުން ވަނީ އަންގާފަ އެވެ.

އީކުއޭޓަރ ވިލެޖުގައި މަސައްކަތް ކުރާ ބިދޭސީންގެ އެކޮމޮޑޭންއާއި ގުޅިގެން ދިވެހި ސަރުކާރަށް ވަނީ ގަން އެއާޕޯޓްގެ މަގު ހެދުމުގެ ބޮޑު މަޝްރޫއު ވަކި ހިސާބަކުން ހުއްޓާލަން މަޖުބޫރުވެފައެވެ. މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލާއި އެ ސިޓީގެ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންކަން ފާހަގަ ކުރެވެއެވެ.

One Reply to “ގަން އެއާރޕޯޓް މަޝްރޫއަށް ހުރަސްއަޅަނީ އީކުއޭޓަރ ވިލެޖް ނަމަކަށް ކިޔާ ދުވަސްވެފައިވާ ރިސޯޓަކުން”

  1. News caster

    Equator Villa ge aky famous Mookai Hotel in addu Gai himgaa resorteh. Dhuvas vefai vaa resortekey article gai liyefa othy liyuntheriyaa biassed visnumeh gengulhey kamuge dhaleeleh.. kadaey

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި