މިލައުތުރު

ސުޕްެރީމް ކޯޓަށް ނުފޫޒު ފޯރުވާތީ އެމްޑީޕީން ރައްޔިތުންގެ މަޖިލިސް ދޮށުގައި މުޒާހަރާ ކުރުން.

ސުޕްެރީމް ކޯޓަށް ނުފޫޒު ފޯރުވައި ފަނޑިޔާރުން ވަކިކުރުމަށް ސަރުކާރު ހިންގާ ޕާޓީން ހުށަހަޅާފައިވާ ބިލު ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ދޮށުގައި އެމްޑީޕީން މުޒާހަރާ ކޮށްފިއެވެ.

ކުއްލިގޮތަކަށް ސުޕްރީމް ކޯޓަށް ބަދަލުތަކެއް ގެންނަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާތީ، ގިނަ ބައެއްގެ ކަންބޮޑުވުންތައް ގެންދަނީ ފާޅުކުރަމުންނެވެ. އަދި ބައެއް މީހުން ބުނަނީ މިއީ ސިޔާސީ ކަމެއް ނޫންކަމަށާއި، ޤައުމުގައި ޤާއިމުވެފައި އޮތް ހަރުދަނާ ނިޒާމެއް ފުނޑު ފުނޑުކޮށްލުމާ ދެކޮޅަށް އަޑުއުުފުލާން ޖެހޭ ކަމަށާއި، ސަރުކާރުން ކުރާން އެ އުޅުއްވާ ކަންތަކުގައި އެއްވެސް އިޚުލާޞްތެރިކަމެއް ނެތްކަމަށާއި، އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

މިފަދަ ކަންކަމުގައި ސޯޝަލް މީޑިޔާގައި މިނިވަން ޚިޔާލު ފާޅުކުރައްވާ ބޭފުޅެއް ކަަމަށްވާ ޝަމްސުލް ފަލާހު އޭނާގެ ފޭސްބުކް އެކައުންޓްގައި ލިޔުއްވާފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުން ޖޭ.އެސް.ސީން ކުރާންޖެހޭ ކަންކަން އަވަހަށް ކުރެވޭތޯ، އެކަމާ ގުޅޭ ބިލް މަޖިލީހަށް ހުށައެޅުމުގެ ކުރިން، ޖޭ.އެސް.ސީއަށް ރައީސް ޢައްޔަނުކުރާ މެންބަރު ބަދަލުކުރައްވައިފި ކަމަށާއި، މިހުންނަނީ ނިޒާމު ކަންފަހިކުރުމުގެ ނަމޫނާއެެއް ކަމަށާއި، ދުރުވިސްނޭ ވެރިޔެއް ނޫނޭ ބުނާ މީހުންނާ އެއްބަސްވާނީ ކިހިނެތްތޯއެވެ. އަދި ކަމެއް ލައިގަތީމާ ނޫނީ ކަމަކާ ނޫޅޭ ވެރިޔެކޭ ބުނާ މީހުންނާވެސް އެއްބަސްވާނީ ކިހިނެތްތޯ ސުވާލު އުފައްދާ ނުސީދާގޮތެއްގައި ފާޑިކިޔާފައެވެ.