މިލައުތުރު

ށ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި، ޝިޔަންޓޭގެ ހިފެހެއްޓުމެއް ނެތް ޝުކުރު ސަރުކާރަށް

ށ. އަތޮޅުގައި އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ދޭން ފަށައިފިއެވެ. ޕާސްޕޯޓް ޚިދުމަތް ފައްޓަވައިދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަހީދުއެވެ.

ޕާސްޕޯޓުގެ ޚިދުމަތް ދޭން ފެށުމުގެ އުފަލުގައި ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔަންޓޭ) ވިދާޅުވީ މިއީ ވޭތުވެދިޔަ ސަރުކާރުގެ ދުވަސްވަރުގައި ކައުންސިލްގެ އަމިއްލަ ޚަރަދުގައި ކުރައްވަން ވެސް އާދޭސް ދެންނެވި ކަމެއް ކަމަށާ އެހެނަސް ވާގޮތެއް ނުވެފައިއޮތް މުހިންމު ކަމެއް ކަމަށާއި، މިސަރުކާރުން އަވަސް މުއްދަތެއްގެ ތެރޭގައި ޢަމަލީ ސިފަ ގެނެސްދެއްވީތީ ޝުކުރު އަދާކުރައްވާ ކަމަށެވެ.

”މި ޚިދުމަތް އަތޮޅުން ލިބެން ފެށުމަކީ ވަރަށް ބޮޑު ލުއިފަސޭހަކަމެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމެއް ކަމަށާއި، އިމިގްރޭޝަންގެ ވެރިންނަށާއި، އެންމެހާ މުވައްޒަފުންނަށް އިޚުލާޞްތެރިކަމާއެކު އަރިސްކުރަން“ އުފާވެރިކަމާއެކު ށ. ރައީސް ޝިޔަންޓޭ ވިދާޅުވިއެވެ.

One Reply to “ށ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި، ޝިޔަންޓޭގެ ހިފެހެއްޓުމެއް ނެތް ޝުކުރު ސަރުކާރަށް”

  1. Resq

    Saleembe keerithi kuranee3 dhauru dheefin.vaakameh neh.v.dhera

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި