48 މީހުންނާ އެއްކޮށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ބަންޑުން ޖަހާލައިގެން ދިވެހި ފުލުހުންގެ ހިދުމަތުން ހަރަކާތްތެރިވެއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައި ވަނީ އދ. ދިގުރަށުން ފުރައިގެން މާލެއަށް ދަތުރު ކުރި ލޯންޗެއް ބަންޑުންޖަހާލައިގެން ކަމަށެވެ.
ލޯންޗު ބަންޑުން ޖަހާލިއިރު އެއިން ދަތުރުކުރި 44 މީހުންނާއި ހަތަރު ކުޑަ ކުއްޖަކު ވަނީ ކަނޑަށް ވެއްޓިފައެވެ. އަދި ފުލުހުން ވަނީ މި އެންމެންވެސް ކަނޑުގައި ތިއްބާ ސަލާމަތްކޮށްފައެވެ.
މި ހާދިސާގައި ކަނޑުވި މީހުން ކަނޑުގައި ތިއްބާ ނަގާފައިވާ ފޮޓޯތަކެއް ފުލުހުން ވަނީ އާންމުކޮށްފައެވެ.
ފުލުހުން ބުނީ މާލެ ދަތުރުކުރި ”ހުވަން“ ނަމަކަށް ކިޔާ ލޯންޗެއް އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 7:57 ގައި ކަމަށެވެ. މި ލޯންޗުގައި 45 ދަތުރުވެރިންނާ ތިން ފަޅުވެރިން ތިބި ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ހާއްސަ އޮޕަރޭޝަނެއް ފަށައި ލޯންޗުގައި ތިބި އެންމެން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.