ވަގުތީގޮތުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ހުއްޓާލާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މި ވަގުތަށް ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލެވެން ނެތް ކަމަށާއި ސަބަބަކީ ކަށްވަޅުގައި އަށް އިންޗި އާއި ނުވަ އިންޗިއާއި ދެމެދު ފެން އޮތުން ކަމަށެވެ.
ކައުންސިލުން ބުނީ މިއަދުގެ މަޢްރިބް ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މައްޔިތާ ވަޅުލުން މިހާރު މާލެ އާސަހަރާއަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.
މާލެ ސަރަހައްދަށް އިއްޔެ ހަވީރުން ފެށިގެން ބޯކޮށް ވާރޭވެހުނުއިރު، އެމްއެންޑީއެފުން ބުނިގޮތުގައި 16911 ޓަނުގެ ފެން ވަނީ ބޭރުކޮށްފަ އެވެ. އަދި މާލޭގެ މަގުތައް މިހާރު ވަނީ އާންމު ހާލަތަކަށް ގެނެސްފަ އެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ބައެއް ސަރަހައްދުތަކުގެ މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ އިދާރާއިން ވަނީ ސަމާލުތައްވެސް ނެރެފައެވެ.