މިލައުތުރު

ޝައިޚް ސަމީރު މި ރޯދަމަހު ގެނެސްދެއްވާ ސުވާލާ ޖަވާބަކީ ކުއިޒެއް ކަމަށް ހީކޮށް މީހުން ޖަވާބުދެނީ…

މި ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް ރޯދައާ ގުޅޭ ސުވާލަކާއި އޭގެ ޖަވާބު ޝައިޚު އަޙްމަދު ސަމީރު ފޭސްބުކްގައި ގެނެސްދެއްވައެވެ. އެއީ މީހުންނަށް ރޯދައާ ގުޅޭ މުހިންމު މަޢުލޫމާތު އުނގަންނައިދެއްވުމުގެ މަޤުޞަދުގައި ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް ކިއުންތެރިންނަށް މަޤުޞަދު އޮޅި ކޮމެންޓް ސެކްޝަންގައި ޖަވާބުދެމުން އެބަ ގެންދެއެވެ. އެއީ ގުރުއަތުން ހޮވޭ މީހަކަށް އިނާމެއް ވެސް ލިބިދާނެ ކަމަށެވެ.

ޝައިޚުގެ ތިން ވަނަ ސުވާލަށް ވެސް ވަރަށް ގިނަ ބަޔަކު މިހާރު ވަނީ ކޮމެންޓުކޮށް، ޖަވާބު ދީފައެވެ. އެހެން ނަމަވެސް ޝައިޚު ލިޔުއްވާފައިވަނީ ހަމަ އެކަނި ސުވާލެެއް ނޫނެވެ. ސުވާލާއެކު އެ ސުވާލެއްގެ ޖަވާބު ވެސް ވަރަށް ތަފުޞީލުކޮށް ލިޔުއްވާފައި ވެއެވެ. އެހެން ނަމަވެސް ކިއުންތެރިންނަށް އެކަން ނޭނގޭތީ ޖަވާބުދެނީއެވެ.

މިއަދުގެ ސުވާލަކީ ”ރަމަޟާން މަހުގައި ރޯދަ ނުހިފައި ދޫކޮށްލުން ހުއްދަވާ އުޒުރުވެރިންނަކީ ކޮބާ؟“ މިއެވެ. އަދި އޭގެ ޖަވާބުގައި އުޒުރުވެރިންނަކީ ކޮބައިކަން ވަރަށް ތަފުޞީލުކޮށް ލިޔުއްވާފައި ވެއެވެ. އަދި ޖަވާބުގެ ފަހުގައި އިތުރު ތަފުޞީލު ލިބޭނެ ނޯޓެއް ވެސް ލިޔުއްވާފައި ވެއެވެ. އެހެންކަމުން ކިއުންތެރިންނަށް މިހާބޮޑަށް އޮޅެންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

  1. ދުނިޔެއިން މޮޔަވެފައިވާމީހާ
  2. ބާލިޣުނުވާ ކުޑަކުއްޖާ
  3. ޙައިޟުވެރިޔާ އާއި ނިފާސްވެރިޔާ
  4. ދަތުރުވެރިޔާ
  5. ބަލިމީހާ
  6. މުސްކުޅި ކަމުގެ ސަބަބުން ރޯދަހިފުން ދަތިވާ މީހާ
  7. މާބަނޑުމީހާއާއި ގާތުންކިރުދޭ މީހާ، ރޯދަހިފަން ދަތިވެއްޖެނަމަ

ނޯޓު: އިސްވެދިޔަ ފަރާތްތަކުގެ ތެރެއިން ދަތުރުވެރިޔާއާއި،ބަލިމީހާއާއި،ޙައިޟުވެރިޔާއާއި، ނިފާސްވެރިޔާއާއި،މާބަނޑުމީހާއާއި،އަދި ކިރުމައިމީހާގެ މައްޗަށް ވާޖިބުވެގެން ވަނީ ހަމައެކަނި އެރޯދަތައް ޤަޟާކުރުމެވެ. އެހެންކަމެއް އެމީހުންގެ މައްޗަކަށް ނުވެއެވެ. މުސްކުޅިކަމުގެ ސަބަބުން ރޯދަހިފަން އުނދަގޫވާޙާލަތަށް ގޮސްފައިވާ މީހަާއާއި ފަސޭހަނުވާނެކަމަށް ބެލެވޭ ދާއިމީ ބައްޔެއް ޖެހިގެން ރޯދަ ނުހިފޭ މީހާގެ މައްޗަށް އޮތީ ފިދުޔަ ދިނުމެވެ. އެއީ ނުހިފުނު ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދިނުމެވެ.

ކިޔާ މީހުން ޖަވާބުދެމުން ގެންދާ ދިއުމާ ބެހޭގޮތުން ޝައިޚު އެއްވެސް އެއްޗެއް އަދި ވިދާޅެއް ނުވެއެވެ. އެހެން ނަމަވެސް ބައެއް އެހެން މީހުން އެކަން ސާފުކޮށްދެވޭތޯ ކޮމެންޓުތައް ކޮށްފައިވެއެވެ.

ދާދި ފަހަކުން ރަމަޟާން މަސް ފެށުމުގެ ކުރިން ރޯދައަށް ތައްޔާރުވުމުގެ ނަމުގައި ފޯކައިދޫގައި ބޮޑު ދަރުސެއް ބާއްވާފައި ވެއެވެ. އެ ދަރުސްގައި ހާހަކަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، ގުރުއަތުން ހޮވުނު ފަރާތަކަށް އުމްރާ ދަތުރެއް ވެސް ވަނީ ލިބިފައެވެ.

One Reply to “ޝައިޚް ސަމީރު މި ރޯދަމަހު ގެނެސްދެއްވާ ސުވާލާ ޖަވާބަކީ ކުއިޒެއް ކަމަށް ހީކޮށް މީހުން ޖަވާބުދެނީ…”

  1. zim

    Sheik dhayne inaameh.. ekm seikh baynun nuvanee inaameh libaythee ey bneema meehun javaab dhevvan shaugverikan ufahdhan.. dheen dheke loabyvaa meeheh nama inaameh nulibnas javaab dhayne.. a

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި