ކިރުތިނައަކީ ރާއްޖޭގައި ވެސް ވަރަށް ގިނައިން ހެދޭ އާންމު ވިނައެކެވެ. މިއީ ގަހެއްގެ ސިފައިގާ ހެދި ބޮޑުވާ އެއްޗެއް ނޫނެވެ. އާންމު ގޮތެއްގައި ފެންނާނީ ބިންމަތީގައި ފެތުރިފައި އޮންނަ ވިނަގަހެއްގެ ގޮތުގައެވެ. އަދި ފާހަގަކޮށްލެވޭ ބޭނުމެއް ހިފޭ އެއްޗެއްކަމަކަށް ވެސް މީހުން ޤަބޫލެއް ނުކުރާނެއެވެ.
އެހެން ނަމަވެސް މިއީ ބޭނުންނުކޮށް ދޫކޮށްލެވޭ ވަރަށް ވުރެ ފައިދާ ބޮޑު ވިނައެކެވެ. އެއީ ވަރަށް ގިނަ ބަލިތަކަށް ބޭހެއްގެ ގޮތުގައި ބޭނުންކުރެވޭނެ ނުހަނު ގިނަ ގުނަ ފައިދާތައް އެކުލެވޭ ފަތްޕިލާވެލީގެ ބާވަތެކެވެ. ފަހުގެ ސައިންޓިފިކް ދިރާސާތަކުން ހޯދިފައިވާ ގޮތުގައި ކިރުތިނައަކީ ޤުދުރަތީ ފަރުވާތައް އެކުލެވޭ ވަރަށް ބޭނުންތެރި ފަތްޕިލާވެއްޔެކެވެ.
ކިރުތިނައިން ލިބޭ ފައިދާތައް ނުހަނު ގިނައެވެ. އޭގެ ތެރެއިން ބައެއް ފައިދާތައް މި ލިޔުމުގައި ހިމަނާލަން ގަސްދުކުރީމެވެ.
- ނޭވާލާ ނިޒާމަށް ޖެހޭ ތަފާތު ބަލިތަކަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ވަރަށް މުޖައްރިބު ފަރުވާއެއް އެކުލެވޭ ކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން ނޭވާހިއްލުމާއި، ފުއްޕާމެޔަށް ޖެހޭ ބޮޑެތި ބަލިތަކާއި، އާންމު ކެއްސުންތަކަށް ފަރުވާކުރުމަށްޓަކައި ބޭނުންކުރެވިދާނެއެވެ. ކިރުތިނައިގާ އެކުލެވޭ ޤުދުރަތީ މާއްދާއެއްގެ ސަަބަބުން ފުއްޕާމޭގައި ވައިދައުރުކުރާ ނިޒާމު ހަމަޖެހި ނޭވާލުމަށް ދިމާވާ އުނދަގޫތައް ނެތިކޮށްލައެވެ.
- އަނިޔާގެ ސަބަބުން ދުޅަވެ ރަތްވެ ލޭނުބައިވުމަށް ފަރުވާކުރުމަށާއި، ރާއްޖެބައްޔާއި، މަސްގަނޑުގައި ރިއްސާ ރިއްސުންތަކަށް ފަރުވާކުރުމަށް ކިރުތިނަ ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން ބޮލުގައި ރިހުމާއި، ހުޅުތަކުގެ ރިއްސުމަށް ބޭނުންވާ މުހިންމު ބާއްދާއެއް އެކުލެވޭ ކަމަށް ވެސް ދިރާސާތަކުން ހާމަވެއެވެ.
- އަންހެނުންގެ މައްސަރުކަންތަކުގެ ސަބަބުން ދިމާވާ ރިއްސުންތަކާއި އުނދަގޫތަކަށް ވެސް ވަރަށް ބޭނުންތެރި ފަތްޕިލާވެލީގެ ބާވަތެކެވެ. ކިރުތިނައިގާ އެކުލެވޭ ޤުދުރަތީ މާއްދާތަކުގެ ސަބަބުން ގަވައިދުން މައްސަރުކަންތައް ހިނގުމަށާއި، އެކަމުން ދިމާވާ އުނދަގޫތަކާއި ރިހުން ކުޑަކޮށްދެއެވެ. އެހެންކަމުން އަންހެނުންގެ ޞިއްޙަތަކަށް ކިރުތިނަ އަކީ ވަރަށް ވެސް ބޭނުންތެރި އެއްޗެކެވެ.
- ކިރުތިނައިގާ އެކުލެވޭ ބަޔޯއެކްޓިިވް މާއްދާތަކުގެ ސަބަބުން އިންސާނުންގެ ދިފާއީ ނިޒާމު ވަރުދަގަކޮށްދިނުމަށް އެހީވެދެއެވެ. އަދި ރަށިގަނޑުގެ ދިފާއީ ދުޅަހެޔޮކަން އިތުރުކޮށްދީ، ތަފާތު ރޯގާތަކާއި އިންފެކްޝަންތަކުން ސަލާމަތް ކޮށްދެއެވެ.
- ކިރުތިނައަކީ ހަޖަމުގެ ނިޒާމު ރަނގަޅުކޮށްދީ ބޭރައްހިންގުމާ ވައިގެ އުނދަގޫތަކަށް ވެސް ފަރުވާއެކެވެ. އޭގައި އެކުލެވޭ އެންޓިމައިކްރީބިއަލް މާއްދާތަކުގެ ސަބަބުން ހަޖަމުކުރުން ފަސޭހަވެ، ބޮޑު ގޮހޮރުގެ ޞިއްޙަތު ރަނގަޅު ކޮށްދެއެވެ.
އިހުގައި ކިރުތިނައިން ނޫނީ ފަސޭހަނުވާ ކަމެއް ވެސް އޮވެއެވެ. އެއީ ނިޔަފަތީގެ ކަންވަދެ ފާރުވުމާއި ރިހުމަށް ފަރުވާއަކަށް ކިރުތިނައިގެ ކިރު ޖަހައެވެ. އަދި ވަރަށް އަވަހަށް ފަސޭހަވާކަމަށް ވެސް ވެއެވެ. އެއީ އޭގައި އެކުލެވޭ އަޖައިބެއް ފަދަ ޤުދުރަތީ މާއްދާތަކުގެ ސަބަބުންނެވެ. (ނުނިމޭ)
19 Replies to “ކިރުތިނަގަސްތައް ނައްތައިނުލާ، އެއީ ރަނަށް ވުރެ އަގު ބޮޑު އެއްޗެއް!”
Anonymous
Kihineh mithahyaaruko beynunkurany
FAthun
Kihineh mithahyaaruko beynunkurany
Anonymous
ވަރައްރަގަޅު. އެކަމު މިބޭނުން ކުރާނެ ގޮތެއް ބުނެދިނުން ވަރައް ރަނގަޅު
ސަމީ
ވަރައްރަގަޅު. އެކަމު މިބޭނުން ކުރާނެ ގޮތެއް ބުނެދިނުން ވަރައް ރަނގަޅު
ސަމާ
ވަރައްރަގަޅު. އެކަމު މިބޭނުން ކުރާނެ ގޮތެއް ބުނެދިނުން ވަރައް ރަނގަޅު
ފާތުމަ
މި ބޭނނުން ކުރާނެ ގޮތެއް ވެސް ބުނެދެންވާނެނު
މުހައްމަދު
މިކަހަލަ ލިޔުންތަށް ލިޔާއިރު، އެބޭނުން ކުރާނެ ގޮތްވެސް ލިޔަންވާނެ. އެނޫނީ ނަތީޖާ އެހެން ގޮތަކަށް ނިކުމެދާނެ
ކިރުތިނަ
ކިރުތިނަ ގަހުގެ 7 ވަރަކަށް ކޯޅި މުލާއި އެއްކޮށް ނަގާފައި ރީތިކޮށް ދޮވެ ސާފުކުރުމަށްފަހު ކުދިކުދިކޮށް ކޮށާފައި ޖޯޑަކަށް އަޅާފައި، އޭގެ ތެރެއަށް ހޫނު ފެން އަޅާފަ 30 ވަރަކަށް މިނެޓް ބަހައްޓާނީ. ދެން ފުރާނާލާފައި ފެންފޮދު ތެރެއަށް މާމުއި ކޮޅެއް އަޅައިގެން ބޯނީ. ދުވާލަކު 2 އިރު ނޫނީ އެއް އިރު ބޭނުން ކުރާނީ 7 ވަރަކަށް ދުވަސް ވާންދެން. އިންޝާﷲ ނޭވާލުމުގެ ނިޒާމުގެ ބަލިތަށް ވަރަށް އަވަހަށް ރަނގަޅުވާނެ.
Anonymous
މިބޭނުން ކުރާނެ ގޮތެއް ނޭގޭ
ސޭޓް
އިތުރު ފައިދާއެއް ބުނެދީފާނަން.
ޔޫރިންގ އިންފެކްޝަނަށް އެންޓިބައޮޓިކަށްވުރެ އިފެކްޓިވް.
ހަދާނެ ގޮތަކީ މީގެ އާދައިގެ 5 ގަސް މުލާއެކު އުފުރައިލުމަށްފަހު ރީތިކޮށް ދޮވެލާނީ، ދެން ކުޑަތެއްޔެއްގައި 700 އެމްއެލްގެ ވާރޭފެން އަޅައިގެން 10 ވަރަކަށް މިނެޓް ވަންދެން ނުވަތަ 1/3 ހިނދެންދެން ކެއްކުމަށްފަހު، ހެނދުނު ހައިބަނޑާހުރެ 250 ވަރު ބޮއިލާނީ.. 2 ދުވަހު ބޯއިރަށް ރަނގަޅުވާނެ އިންޝާ ﷲ. އަޖުމަ ބަލައި ތަޖުރިބާކޮށްފައި މި ބުނީ. ހުދުހިއްޕިލާފަތްވެސް ހަމަ މިފަދަ.
-ޝުކުރިއްޔާ-
Hakeemu
Gaiga nagaa maskolhu/un nehtuvumah meege kiru varah ragalhu kamh vey
Zulaikha
Adhi miliyun nunimey dhw
Anonymous
Kobaatha beynun kuraa goiy
Harysha
Mi beynun kuraane goi ves liyelaaaba
Anonymous
ކިހިނެއްތޯ ފައިދާ ހުރިގޮތް ބަލާނީ. ދައްކައިގެން ކަމެއް ފުނޑާގެނެއް ކަމެއް ރޮލާ ކާންވީ ކަމެއް އެނގޭކަށްނެތް
ޅަސޮރު
މިކަހަލަ ލިޔުންތަށް ލިޔާއިރު، އެބޭނުން ކުރާނެ ގޮތްވެސް ލިޔަންވާނެ. އެނޫނީ ނަތީޖާ އެހެން ގޮތަކަށް ނިކުމެދާނެ
Anonymous
މިބެޭނުންކުރާގޮތް ބުނީމަތާ މި މައުލޫމާތުގެ ބޭނުމެއް ހުރީދޯ.؟؟؟؟؟؟؟؟
ގަޅި
ނިމޭ ތަނުގަ ބުރެކެޓެއްގަ ޖަހާފަ އެބައިން (ނުނިމޭ). ނަމަ ނަމަ ނުބަލާތި ރަނގަޅަށް. ގަޅިވިޔަސް ބޮޑުވަރު.
Anonymous
ބޮޑައް ސިއްރުކުރަނީ ވެދާނެ މަސްތުވާ އެއްޗެކަމަށް
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި