ރޭގައި މަޤާމުން ވަކިކުރެއްވި އިމިގްރޭޝަން ކޮންޓްރޯލަރ މިރޭ ފުލުހަށް ޙާޞިރުކުރުމަށް ފަހު އޭނާ ހައްޔަރު ކޮށްފިއެވެ.
ޝަމްޢާން ހައްޔަރުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ބިދޭސީ މީހެއްގެ އަތުން ނާޖާއިޒު ގޮތުގައި ފައިސާތަކެއް ނެގި މައްސަލައިގެ ތަޙުޤީޤަށެވެ.
ޝަމްޢާން ވަޙީދަކީ މިހާރު ވެރިކަން ކުރާ ޕާޓީ ޕީއެންސީން އެއްދުވަސްވަރެއްގައި ވަރަށް ބޮޑަށް ތަޢުރީފުކޮށް ޚުޝާމަދުކުރި މީހެކެވެ. ވަރަށް ކުއްލިގޮތަކަށް އޭނާ އަކީ އެފަދަ މަޤާމަކަށް އެކަށީގެންވާ މީހެއް ނޫންކަމަށް ބުނަން ފެށުން ވެގެންދިޔައީ ވަރަށް ގިނަ ބަޔަަކަށް ސިހުން ލިބުނު ކަމަކަށެވެ.
އެމަޤާމަށް މިހާރު ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީހު ވަނީ ހަމަޖައްސަވާފައެވެ.