މިލައުތުރު

ޑރ. މުޢިއްޒުގެ ވެރިކަމުން މިންޖުވާން ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިމްރާން އަބްދުﷲ ގޮވާލައްވައިފި.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ދެމިއޮންނަ ކޮންމެ ދުވަހަކީ ދިވެހި ޤައުމަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށާއި، އޭނާގެ ވަކިތަކުން ދިވެހި އުންމަތް ސަލާމަތްކުރުމަށްޓަކައި ވެރިކަން ބަދަލުކުރަންޖެހޭ ކަމަށް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚް އިމްރާން މިގޮތަށް ވިދާޅުވެފައިވަނީ އެކްސްގައި އާންމުކުރެއްވި ކުރު ފަތުވާއެއް ގައެވެ. ޝައިޚް ވެދާޅުވެފައިވަނީ ރައީސް މުޢިއްޒު ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކީ މުޅި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންނަށް އެތައް ގެއްލުމެއްވާ ދުވަހެއް ކަމަށާއި، މިކަމުން ދިވެހީން މިންޖުވާން އެބަ ޖެހޭ ކަމަށެވެ.

ރައީސް މުޢިއްޒަކީ ދީނަށް ލޯބިކުރާ ޢަދުލުވެރި ވެރިއަކަށް ވާނޭހިތާ ރާއްޖޭގެ ވަރަށް ގިނަ ދީނީ ޢިލްމުވެރިން އެންޑޯޒް ކުރެއްވި ރައީސެކެވެ. އެހެން ނަމަވެސް އޭރުވެސް އަދި މިހާރުވެސް ޑރ. މުޢިއްޒަކީ އެހާ ޢަދުލުވެރި ބޭފުޅެއް ނޫންކަން ދިވެހީން ދަނެއެވެ. އެކަން އޮޅިވަޑައިގަތީ ވެސް ހަމަ ދީނީ ޢިލްމުވެރިންގެ ނަމުގައި ތިއްބެވި ބައެއް ބޭފުޅުންނަށެވެ.