ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ އިލްޔާސް ޙުސައިން އިބްރާހީމްގެ ވަޠަނީ އާދޭސް

މިލައުތުރު | 22 މާރިޗު 2025 | ސިޔާސީ
6

ލޮބުވެތިރައްޔިތުންނޭވެ. މުޖާހިދު ދިވެހިތަކުރުންނޭ ތެދުވާށެވެ.

ހަރުކަށިދައުލަތެއް،އާދެ “ހާޑް ސްޓޭޓް” އެއް ދިވެހިން އެއްއިރެއްގައި ވެސް ބޭނުމެއް ނުވެއެވެ. މުޅި ދިވެހި ތާރީޚުގައެވެ. ދިވެހިދައުލަތަކީ އަބަދު ވެސް މިނިވަން އިންސާފު ދެމިއޮތް ހަމަހިހިމޭން މުޖްތަމައެއް އޮތް މިނިވަންދައުލަތެކެވެ.

މެޑެލްތަކާއިކުލަތަކުގެ އަހްލުވެރިންނަކީ އަމުރަށް ތަބާވުމަށް ތަމްރީން ދެވިފައި ތިބޭ ރަންފީޒީ އޮފިސަރުންތަކެކެވެ. މިފަދަ އޮފިސަރުން ރައްޔިތުންގެ ހުރިހާ އުމޫރެއް ހިންގާން ތިބުމަކީ ހަރުކަށިދައުލަތަކަށް ބަދަލުވުމެވެ. ރައްޔިތުންގެ މިނިވަންކަމާއި އިންސާފު ގެއްލުވާލުމެވެ. މިކަހަލަ ދައުލަތެއްގައި އަބަދުވެސް އޮންނާނީ “ޔެސް ސާރ” އެވެ. “މަސާހިބާ” އެވެ. އަދުލްއިންސާފުގެ ބާރު އެއްކޮށް ކެނޑިގެންދާނެއެވެ.

ވިމާ ރައްޔިތުންނާއި ފަނޑިޔާރުންނާއި ވަކީލުން ހޭލާއި ތެދުވެ، ދިވެހިދައުލަތް އިންސާފުގެ މަގަށް ގެނައުމަށް ހަރަކާތެއް ހިންގާންވީ ވަގުތަކީ މިއެވެ. ޑިކްޓޭޓަރު މުއިއްޒު އަތަށް އޮޅާލަމުން ގެންދާ ބާރުތައް ދައުލަތުގެ ވަކިވެފައި އޮންނަ ބާރުތަކަކަށް ބަހާލާއި ބަދަލުކޮށް ލަން ޖެހެއެވެ. ކެރިގެން ހައްގުބަސް ބުނެ އިއްވާށެވެ.

ދިވެހިރާއްޖެ….ދިރިދެމިއޮންނާނެއެވެ.

(މިއީ އެމަނިކުފާނު ސޯޝަލް މީޑިޔާ މެދުވެރިކޮށް ޙިއްސާކުރައްވާފައިވާ ޤައުމީ އާދޭހެކެވެ.)

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

M Mol
Mujahidhunney liyun iru eyge aslee maana hama kaleymenah ingigen tha liyunee. Foni dhekken vgn maa fashui ibaaraai thakeh liyefa othy. Meega assu nethey thaakun thaaku jehey vaahaka eh
ޝ ޝަރފު
މި ޅިޔުމުން އިހުސާސްވަނީ ނަފުރަތާ ޙަސަދައިގަ ތިމާ ނޭދޭ ގަބޫލުނޫން މީހަކު ވެރިކަން ކުރާތީ، ތިމާގެ ހިތުގައި ހިގާ ނަފުރަތު ރައްޔިތުންގެ ކުރިމަތީ ފިތުނަޔާ ނުތަނަވަސްކަން އުފެއްދުމަށް ބޭނުންކުރާ ކަމުގެ އިހުސާސްއެވެ. ގައުމަކަށް ޜައްޔިތަކަށް ހެވެއް އެދިގެން ދެއްކި ހެއްކެއް ނެތެވެ. އެހެނީ ޤައުމީ ރޫޙާ ވަތަނީ ލޯތްބަކީ ވަކި ގޮތަކުން ވަކި ބަޔަކަށް ނިސްބަތްކޮށް އެބައެއްގެ ކިބައިގަ ނޯންނާނެ ކަމަށް ދައްކާފަ، ތިމާ މީ އެންމެ ޙެޔޮބަސް ޢިއްވާ މީހާކަމުގަ ހެދުމަކުން އެބުނި ވާހަކަ ޤަބޫލުކުރަން ދަތިވަނީއެވެ.
މ މުހައްމަދު
އިއްލިޔާސުގެ ފަސްބައަކީވެސް މާސާފު ފަސްބާއެއްކަމަކަށް މާގިނަބަޔަކު ޖުދެކޭ. ދެންކިހިނެއް ތިގޮވާލުމަށް އިޖާބަދޭނީ?
ޔ ޔަކާސް
މީ ގައުމީ އާދޭހެއް؛ އެއަށްވުރެ ބޮޑަށް ވައްތަރީ ބޮޑު ދުފަން ބޭނުންކުރާ އެއްޗާ
S Sappe
Good msg eh
Good