އިންޑިއާ އާއެކު އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށް ވައުދުވުމަށް ފަހު، އެ ނިންމުން ބަދަަލުކޮށް ސަރުކާރުން އަނެއްކާ ވެސް ”އިންޑިއާ އިން“ ކޮށްފިއެވެ.
ޕީއެންސީގެ އެކްޓިވިސްޓުން ބޮޑުވަޒީރު މޯދީ އަށް ކުރި ފުރައްސާރައަކީ މިހާރު ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ކުރި ކެމްޕެއިނަކަށް ވެއްޖެއެވެ. އަވައްޓެރި ޤައުމުތަކާއެކު އޮންނަންޖެހޭ ގުޅުމަށް ބަދަލެއް ނާންނާނެ ކަމުގެ ޔަޤީންކަން ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.
އިންޑިއާ އަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށާއި، ރާއްޖޭގެ މިނިވަންކަމާ އިސްތިޤުލާލަށް ދޭ ކޮށްމެ ހަމަލާއެއްގައި ރާއްޖޭގެ ދިފާއުގައި އެންމެ ފުރަތަމަ ތެދުވަނީ އެމީހުންނެވެ. އެހެންކަމުން ރާއްޖޭގެ މިނިވަންދުވަހުގެ ޝަރަފުވެރި މެހެމާނަކަށް ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ދައުވަތު ދެއްވުމަކީ ޤައުމީ ކަމެކެވެ.
މިހާރު އިންޑިއާ އައުޓެެއް ނޫނެވެ. އިންޑިޔާ އިން ވެއްޖެއެވެ.