މާމިނގިލީ ދާއިރާއަށް ޑރ. ޒަހުރާ ވާދަކުރާނެ ކަމުގެ އިޝާރާތެއް ކޮށްފި.

މިލައުތުރު | 17 ޖުލައި 2025 | ސިޔާސީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ފުރުއްވަމުން ގެންދަވާ މާމިނގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަމަށް ޑރ. ޒަހުރާ މުޙައްމަދު ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ކޮށްފިއެވެ.

ޑރ. ޒަހުރާގެ އަމިއްލަފުޅު ފޭސްބުކް އެކައުންޓުގައި ނުސީދާ ގޮތެއްގައި ވިދާޅުވެފައިވަނީ މާމިނގިލީ ދާއިރާގެ މެންބަރުކަމުގައި ފެނިދާނެ ކަމަށެވެ. މި ޕޯސްޓާއެކު ޒަހުރާއަށް ހެޔޮ އެދޭ ފަރާތްތަކުން އެކަމަށް ތާއީދުކޮށް ހެޔޮ ދުޢާ އާއި މަރުޙަބާ ކިޔަމުން އެބަގެންދެއެވެ.

Advertisement

ޑރ. ޒަހުރާ އަކީ ތަޢުލީމީ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ ވަރަށް ތަޢުލީމީ ބޭފުޅެކެވެ. ރާއްޖެއިން ބޭރުން ޕީއެޗްޑީ ހާސިލުކުރެއްވުމަށް ފަހު ގިނަ ދުވަސްތަކެއްގައި ޚިދުމަތް ކުރެއްވީ ވިލާކޮލެޖުގައެވެ. މިހާރު މަސައްކަތް ކުރައްވަނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިތީގައެވެ.

ގިނަ ބަޔަކު ދެކޭގޮތުގައި ދެން އޮންނަ މަޖިލިސް އިންތިޚާބުގައި ޤާސިމް އިބްރާހީމް ވާދައެއް ނުކުރައްވާނެއެވެ. އެހެން ކަމުން ޑރ. ޒަހުރާ ފަދަ ބޭފުޅަކަށް ފުރުޞަތު ބޮޑު ފަހަރަކަށް ވެގެންދާނެއެވެ. އަދި އެ ދެބޭފުޅުންގެ ދެމެދުގައި ޒަމާންވީ ގާތް ގުޅުމެއް އޮންނަ ކަމަށް ވުމީ ވެސް އިތުރަށް މަގު ފަހިވާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.