ޣައްޒާގެ ދެކުނުން 30 ކިލޯމީޓަރު ބޭރުގައި އޮންނަ ރަފާހަކީ ކުރިން ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުން ގެންދިޔަ ވަރަށް ކާރޫ ބާރޫ ބޮޑު ސަހަރެކެވެ.
އިޒްރޭލުން ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ ފެށި ޢުދުވާނުތަކުގައި އެންމެ ގިނަ ބޮމާ، މިސައިލް ޙަަމަލާތަކާ، ރޮކެޓުތައް އަމާޒުކޮށްފައި ވަނީ ރަފާ ސިޓީއަށެވެ. މުޅި ސަހަރުގެ އުމްރާނީ ތަރައްޤީ އެއްކޮށް ސުންނާފަތިކޮށް، އެތައް ބަޔަކު ޝަހީދުކޮށް، ދިރިތިބި ބަޔަކު ވަންޏާ ވަނީ ރަށުން ބޭރުކޮށްލާފައެވެ.
މުޅި ސަހަރުގައި ކޮޅަށް ހުރި އެންމެ އިމާރާތެއް މިހާރު ފެންނާކަށް ނެތެވެ. އިޒްރޭލުގެ ޙަމަލާތައް އަދިވެސް ހުއްޓައިނުލައެވެ. ޙަމަލާތައް ހުއްޓައިނުލާ އަދިވެސް ކުރިއަށް ގެންދަނީ ބާކީ ކޮން އެއްޗެއް އެތާ ހުރެގެންބާއޭ ހިތަކަށް ނާރާތޯއެވެ.
ބައި ލައްކައަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ. ދޮޅު ލައްކައަށް ވުރެ މީހުން ޒަޚަމްކޮށްލާ ނުކުޅެދޭ މީހުންނަށް ހަދާލައިފިއެވެ. އަދި ދެ މިލިޔަނެއްހާ މީހުން ގެދޮރުން ނެރެ މަގުމަތިކޮށްލާ ބަނޑަހައިހޫނުކަމުގައި ބައިތިއްބައިގެން ޣައްޒާގެ ނަސްލު އެއްކޮށް ނައްތާލަނީއެވެ.