މިސްރުގެ ހުށަހެޅުމަށް އިސްރާޢީލުން ވެސް މަޝްވަރާކުރަން ތައްޔާރަށް ތިބިކަން ހާމަކުރުމާއެކު، ޚަލީލް އަލް ހައްޔާ ހިމެނޭ ގޮތަށް ހަމާސްގެ އިސް ލީޑަރުންގެ ވަފުދެއް މިއަދު ވެރިރަށް ގާހިރާއަށް ދާނެއެވެ.
މިސްރުން ހުށަހަޅާފައިވަނީ 50 ދުވަހަށް ހަމަލާތައް ހުއްޓާލުމާއި، އިޒްރޭލުގެ ޖަލުތަކުގައިވާ ފަލަސްޠީނުގެ އެތައް ސަތޭކަ މީހުން މިނިވަންކުރުމާއި، ޣައްޒާއަށް އިންސާނީ އެހީ ވެއްދުމުގެ ފުރުޞަތު ހުޅުވާލުމަށާއި، ޣައްޒާގައި ތިބި އިސްރާޢީލުގެ ލަޝްކަރުތައް ޣައްޒާ ދޫކޮށް ދިއުމަށާއި، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ ހުރިހާ އަސީރުން ދޫކޮށްލުން ހިމެނެއެވެ.
ހަމާސްއަށް ސަޕޯޓުކުރާ ބައެއް ތަޖުރިބާކާރުން ބުނާގޮތުގައި މިއީ މިސްރުން އިސްރާޢީލަށް ޖަހައިދޭ ގުއިރޯނަކަށް ވެސް ވެދާނެއެވެ. އެގޮތުން ޙީލަތްތެރި ކަމާއެކު އަސީރުން މިނިވަން ކޮށްދިނުމަށް ކުރާކަމަކަށް ވެސް ވެދާނެއެވެ. ނުވަތަ ލީޑަރުންތައް ޝަހީދުކޮށްލަން ފުރުޞަތެއް ފަހިކޮށްދެނީ ކަމަށް ވެސް ވެދާނެއެވެ. މިއީ ހަމާސް ލީޑަރުން ވެސް ވަރަށް ބޮޑަށް ވިސްނާނެ ކަމެއްކަން ޔަޤީނެވެ.