މިލައުތުރު

ނޭޓޯގެ މެންބަރު ޤައުމަކުން އަސްކަރީ ހަތިޔާރު ހޯދުމަކީ ކުޑަ ކަމެއް ނޫން!

މިދުވަސްކޮޅު މުޅި ސޯޝަލް މީޑިޔާގައި ގުގުމާލާފައި ވަނީ ތުރުކީވިލާތުން ހަތިޔާރު ހޯދުމުގެ ވާހަކައެވެ. އަދި ހަތިޔާރު ގަތުމުގެ އެއްބަސްވުމަށް ފަހު، ހަދިޔާއެއްގެ ގޮތުގައި ވެސް މިސައިލް ލޯންޗުކުރެވޭ މަނަވަރެއް ހަދިޔާކުރާ ވާހަކައެވެ.

އިޤްތިޞާދީ ގޮންޖެހުންތަކެއް ތަޙައްމަލުކުރަން ޖެހިފައި އޮތް ދަނޑިވަޅެއްގައި ހަތިޔާރު ގަތުމަށް ހޭދަކުރުމަކީ ކޮންމެހެން މުހިންމު ކަމެއްތޯ މީހުން ސުވާލު އުފައްދައެވެ. ޢުމްރާނީ ތަރައްޤީގެ މަޝްރީޢުތައް ހިންގާނެ ފައިސާ ނެތިގެން ލޯނު ނަގަންޖެހިފައި އޮތް ޙާލަތުގައި އެތައް މިލިޔަން ރުފިޔާއެއްގެ ހަތިޔާރު ހޯދުމަކީ އެއްވެސް މަންފާއެއް ކުރާނެ ކަމެއްތޯ ވެސް ބައެއް މީހުން ސުވާލު އުފައްދައެވެ. އަދި ދިވެހިރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައި އިޝްތިހާރުކުރާ ޤައުމަކަށް ވީ ހިނދު، މިފަދަ ޚަބަރުތަކުގެ އަސަރު ފަތުރުވެރިކަމަށް ނުކުރާނެތޯ ވެސް ސުވާލު އުފައްދައެވެ.

ތުރުކީ އަކީ ނޭޓޯ މެންބަރު ޤައުމަކަށް ވެފައި، މިދުވަސްވަރަކީ ދުނިޔޭގެ މަޝްރަޙު ހޫނުވެފައިވާ ދަނޑިވަޅަކަށް ވެފައި، ބޮޑެތި ޤައުމުތައް ކަމުގައިވާ އެެމެރިކާ، ޗައިނާ، ރަޝިޔާ ފަދަ ޤައުމުތަކުގެ ދެމެދުގައި ނުތަނަވަސްކަން ބޮޑުވެފައި އޮއްވާ ތުރުކީވިލާތުގެ މަނަވަރެއް ރާއްޖެއަށް ފޮނުވުމަކީ އެހެން ޤަައުމުތަކުން ރާއްޖެއާ މެދު ޝައްކުގެ ނަޒަރަކުން ބަލާފާނެ ކަމެކެވެ.

3 Replies to “ނޭޓޯގެ މެންބަރު ޤައުމަކުން އަސްކަރީ ހަތިޔާރު ހޯދުމަކީ ކުޑަ ކަމެއް ނޫން!”

  1. ޚަމަނަ

    މިވެސް ޙަބަރެއް.

    1. Kazzaabu

      ޚަމަނަ ބަނޑުކޮޅަށް ތަދުވީ ދޯ! ކައްޒާބު ކުރާނީ މިކަހަލަ ކަންކަން. 44 ވެފައި އޮތް ދަބަރުގަނޑެއް.

  2. އަލީ ރަޝީދު

    ބައެއް ކަންކަމުގައި ކުރިން ނުވިސްނި ވިސްނުމެއް ފަހުން ވިސްނާކަށް ވަގުތެއް ނުލިބެއެވެ .
    އަތުން ބީ ވެގެން ހިގައްޖެ އެއްޗެއް އަނބުރާ ހޯދުމަކީ ވަރަށް އުދަގޫ ކަމެކެވެ .

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި