ޝާން މުޙައްމަދު

3 ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރަން ނަން ހުށައަޅައިފި

ރާއްޖެއިން ތިން ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްްޔަން ކުރަން އެ ބޭފުޅުންހެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިއަދުގެ ޖަލްސާގައި ވަނީ ތިން ގައުމަށް އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް މަޖިލީހުގައި އިއްވާ އެވެ.

ރައީސް ވަނީ ސްވިޑަންއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޖަރުމަނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު ޝާން ޝާކިރު އައްޔަންކުރަން ހުށައަޅުއްވާފަ އެވެ.

ސީޝެލްސްއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދުގެ ނަން ވަނީ ހުށަހަޅާފައެވެ. އަދި އޮސްޓްރިއާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އައްޔަންކުރަން ރައީސް ވަނީ ހުށަހަޅުއްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ނަންތައް ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށްވެސް ފޮނުވާފަ އެވެ.