މިލައުތުރު

ށ. ފީވަކަށް ރައީސް ވަޑައިގަންނަވާތީ ކުރީ ސަރުކާރުން ފުރިހަމަކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ބާއްވަނީ.

ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުތަކުގައި ށ. ފީވަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާތީ، ކުރީ ސަރުކާރުން ނިންމާފައިވާ ނަރުދަމާގެ ޚިދުމަތް އިފުތިތާޙުކުރުމަށް ފެނަކައިން ތައްޔާރުވާން ފަށައިފިއެވެ.

އެ ރަށުން ވާހަކަދެއްކި އާންމު ރައްޔިތަކު ބުނިގޮތުގައި، ނަރުދަމާ އެޅުމުގެ އެންމެހާ ކަމެއް ވަނީ ކުރީ ސަރުކާރުން ނިންމާފައި ކަމަށާއި، ޚިދުމަތްދޭން ނުފަށާ އެހެން ހުންނަތާ ވެސް 17 މަސްދުވަސް ވެއްޖެ ކަމަށެވެ. މި މަސައްކަތުގެ ކުރެޑިޓް ނެގުމަށްޓަކައި ރަސްމީކޮށް ޚިދުމަތް ދިނުން ފެށުމަށް ތައްޔާރުވާން ފަށައިފި ކަމަށާ، އެކަމަށް ވެސް ގެނައިހާ ވެސް އެއްޗަކީ 6 އެސްލޯނު ހޮޅި ކަމަށާއި، އެ ބުރިކޮށްގެން 200 ގެއަށް އެބަ ބަހާ ކަމަށެވެ.

ށ. ފީވަށް ފާހަގަ ކުރެވެނީ ވަރަށް ދަނޑުވެރި ރަށެއްގެ ގޮތުގައެވެ. އަދި ރަށުގެ ފެންފަށަލަ ވަރަށް ބޮޑަށް ނަޖިސްވެފައިވާ އިންސާނުން ބޭނުން ކުރުމަށް އެއްގޮތަކަށް ވެސް ރައްކާތެރިނޫން މިންވަރަށް ޤުދުރަތީ ފެންފަށަލަ ނަޖިހުން ތަޣައްޔަރުވެފައިވާ ރަށެއްގެ ގޮތުގައެވެ. މިއީ އެ ރަށު ރައްޔިތުންނަށް މިވަގުތަށް އެންމެ ބޭނުންތެރި އެއް ޚިދުމަތް ކަމުގައި ވާނެކަން ޔަޤީނެވެ.

One Reply to “ށ. ފީވަކަށް ރައީސް ވަޑައިގަންނަވާތީ ކުރީ ސަރުކާރުން ފުރިހަމަކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ބާއްވަނީ.”

  1. އެމީހާ

    މީ ލިއުމާއި މެދު ދެކެނީ ފިތުނައިގަ ރޯކޮށްލި ހުޅުކޮޅެއްފަދަ، ނަމަވެސް ވައި ގަދަކަމުން ހުޅު ހިފާގޮތެއް ނުވެ

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި