މިލައުތުރު

ށ. އަތޮޅުގެ ރަށްތަކަށް ޘަޤާފީ ކުޅިވަރު ދަސްކޮށްދޭނެ ބަޔަކު ހޯދަން އިޢުލާން ކޮށްފި.

ށ.އަތޮޅުގެ ބައެއް ރަށްރަށުގައި ސަޤާފީ ކުޅިވަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގާނެފަރާތެއް ހޯދަން ށ. އަތޮޅު ކައުންސިލުން އިޢުލާން ކޮށްފިއެވެ.

އަތޮޅު ކައުންސިލުން ގެޒެޓުކޮށްފައިވާ އިޢުލާން ކޮށްފައިވަނީ އަތޮޅުގެ ބައެއް ރަށްރަށުގައި ޘަޤާފީކުޅިވަރުތައް ކަމުގައިވާ ލަނގިރިޖެހުމާއި، ދަފިނެގުން ފަދަ ކުޅިވަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މި ޕްރޮގްރާމް ހިންގައި ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ގެޒެޓުކުރެވިފައިވާ އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށް ފަހު 2025 އޭޕްރީލް 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދިނުމަށެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވާނަމަ ފޯން ނަންބަރު 9911113 އަށް ގުޅާލުމުން މަޢުލޫމާތު ލިބޭނެ ކަމަށެވެ.