ޔަހޫދީ ދައުލަތާ ދެކޮޅު ޚަބަރުތަކާ އެފަދަ އެކައުންޓްތައް ފޭސްބުކުން ނައްތާލަން ޔަހޫދީ ޒަކަބާގުގެ މެޓާއިން މަސައްކަތްކުރާ ކަމުގެ ޚަބަރުތަކެއް ފެތުރެން ފަށައިފިއެވެ.
ފަހުގެ ތާރީޚެއްގައި ދުވަހަކުވެސް ނުފެންނަ ވަރުގެ ޔަހޫދީއާ އިދިކޮޅު ހަރަކާތްތަކެއް ފޭސްބުކްގައި ފެތުރެމުން އުތުރެމުންދާތީ، އިޒްރޭލް ސަރުކާރުގެ އެދުމުގެ މަތިން އެފަދަ އެކައުންޓްތަކާ ކޮންޓެންޓްތައް ނައްތާލަން ފަށާފައިވާ ކަމަށް ވެއެވެ. އެގޮތުން 90،000 އަށް ވުރެ ގިނަ ކޮންޓެންޓާ 10،000 އެކައުންޓް ނައްތާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފޭސްކުބްގެ ވެރިޔާ އަދި ޒުވާން ބިލިޔަނަރަކީ ވެސް ހަރުބީ ޔަހޫދީއެކެވެ. ޔަހޫދީންނާ ދެކޮޅު ކެމްޕެއިންތައް ފޭސްބުކް މެދުވެރިކޮށް ހިންގާކަށް އޭނާގެ ހިތަށް ކެތްނުވާނެ ކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ. އަދި އަޑީގައި ހުރެގެން އިޒްރޭލަށް ފައިސާގެ އެެހީ އާއި މަދަދު ފޯރުކޮށްދޭކަމަށް ވެސް ތުހުމަތު ކުރެވެއެވެ. އެެހެންވީމާ ފޭސްބުކްގެ ބާނީ އަކީ ވެސް މުސްލިމުންނާ އަދާވާތްތެރި މީހެއްގެ ގޮތުގައި ސިފަކުރަން ފަށައިފިއެވެ.