މިލައުތުރު

ހިއުމަން ރައިޓްސް ކޮމިޝަން އޮތީ ހޭލާ: މާފުށީ މީހާ ގަޔަށް ދަވާދު އަޅާ މަންޒަރު ފެންނަ ވީޑިއޯ އިތުރަށް ނުފަތުރާ!

ކ. މާފުށީ މީހަކަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ދެން އިތުރަށް ނުފަތުރާން އެޗްއާރުސީއެމުން އެދިވަޑައިގެންފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެފަދަ ނާތަހުޒީބު ލާއިންސާނީ އަމަލުތައް ފެންނަ ވީޑިއޯ ޢާންމު ނުކުރުމަށާއި، އެފަދަ ޢަމަލުތަކަށް ހިތްވަރު ލިބޭޒާތުގެ ކަންކަން ވެސް ނުކުރުމަށާއި އަދި އެފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ނުހިންގުމަށް އެ ކޮމިޝަނުން ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ.

އެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލްގެ ތެރެއިން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން އެދޭ ކަމަށާ އެފަދަ އިދާރާތަކުން ވެސް ވީހާ އަވަހަކަށް މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ވެސް ވަނީ ގޮވާލާފައެވެ.