އެއްވެސް ފަރާތަކުން ދައްކާ ބިރަކަށް ނޯތު ކޮރެއާގެ ނިއުކްލިއަ މަޝްރޫޢު ހުއްޓައިނުލާނެ ކަމަށާއި، އެކަމާ ކުރާނެ މަޝްވަރާއެއް ވެސް ދައްކާނެ ވާހަކައެއް ވެސް ނޯންނާނެ ކަަމަށް ބުނެ ރައީސް ކިމް ޖޮންގ އުންގެ ކޮއްކޮ ކިމް ޔޮން ޖޮންގ އެމެރިކާއަށް އިންޒާރު ދީފިއެވެ.
އޭނާ އިތުރަށް ބުނީ އެމެރިކާގައި އުފެއްދޭ ކޮންމެ އެއްޗެއް، ނޯތު ކޮރެއާގައި ވެސް އުފެއްދޭނެ ކަމަށާއި، ނިއުކްލިއަ ހަތިޔާރު ވެސް އުފެއްދުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ. ނިއުކްލިއަ ހަތިޔާރު ފައްކާ ކުރުމުގައި ނޯތު ކޮރެއާ ގޮސްފައި އޮތް ހިސާބެއް ވެސް އެނގޭ އެއްވެސް ޤައުމެއް ނެތް ކަމަށާއި، އެމީހުންގެ އަތުގައި ނިއުކްލިއަ ހަތިޔާރު ހުރުމަކީ ވެސް ވަރަށް ގާތްކަމެއް ކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ.
އަދި ނޯތު ކޮރެއާ އަކީ މުޅި ދުނިޔޭގައި ވެސް އޮތް އެމެރިކާ އެންމެ ޖެހިލުންވާ ޤައުމު ކަމަށް ވެސް ބެލެވެއެވެ. އަދި އެމެރިކާއިން ވެސް ދެކޭގޮތުގައި އެމީހުންނަށް އޮތް އެންމެ ބޮޑު އެއް ނުރައްކަލަކީ ނޯތު ކޮރެއާއެވެ.