މިލައުތުރު

މާލޭގެ ހުރިހާ ސްކޫލްތަކެއް އެއް ދަންފަޅިއަށް ބަދަލުކުރުމަކީ ވާވަރު ކަމެއް ނޫން – ވަޒީރު

ރާއްޖެތެރެއިން ދަރިވަރުން ހިޖުރަކުރާ ނިސްބަތް އިތުރުކަމުން އެއް ދަންފަޅިއަށް މާލޭގެ ސްކޫލުތައް ކުރިއަށް ގެންދެވެން ނެތްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ 2013 ވަނަ އަހަރާ ހިސާބުގައި 800 ވަރަކަށް ދަރިވަރުން މާލެ ބަދަލުވި ނަމަވެސް މިހާރު 1000 ދަރިވަރުން އަންނަ ކަމަށާއި، ކުލާސް އިތުރު ކޮށްލާއިރަށް ފުރާލާ ކަމަށެވެ.  އަދި މާލޭގެ ސްކޫލުތަކުން ދަރިވަރުންނަށް ޖާގަ ދިނުމުގައި ވަކި އުސޫލެއް ވެސް ނޯންނަ ކަމަށާއި، އެ ފުރުޞަތަށް އެދޭ ހަމަ ކޮންމެ ކުއްޖަކަށް ވެސް ޖާގަ ދޭ ކަމަށެވެ.

ޑރ. އިސްމާޢީލް އެހެން ވިދާޅުވި އިރު، އަމިއްލަފުޅަށް ބޭނުންކުރެއްވި ތަފާސްހިސާބުން ވެސް ފެންނަ ގޮތުގައި އިތުރުވީ އެންމެ 200 ކުދިންނެވެ. އެހެން ކަމުން އެވަރުގެ އިތުރުވުމަކަށް މިނިސްޓްރީއަށް ތައްޔާރު ނުވެވޭ ކަމަކީ ހައިރާންވާންޖެހޭ ކަމެކެވެ. ނަމަވެސް އެހާ ގިނަ ދަރިވަރުން އަތޮޅުތަކުން މާލެ ބަދަލުވަމުންދާކަމީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވަޒީރު ވިދާޅުވި އެވެ. އެހެންވެ މާލޭގެ ހުރިހާ ސްކޫލުތަކެއް އެއް ސެޝަނަށް ބަދަލުކުރުމަކީ ވާވަރު ކަމެއް ނޫން ކަމަށެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟