ރިޔާސީ އިންތިހާބުގައި ވޯޓުގެ 50 ޕަސެންޓު ނުލިބުނަސް އެންމެ ގިނަ ވޯޓު ލިބޭ ފަރާތަކަށް ވެރިކަމަށް އާދެވޭނެ ގޮތް ހަދަން މަސައްކަތް ކުރާ ނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލް ކުރަންޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއެވެ.
ދެ ވަނަ ބުރެއް ބާއްވަން ނުޖެހޭ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރަން ބޭނުންފުޅުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ޕީއެންސީގެ މަޖިލިސް މެންބަރުންނާ ބައްދަލު ކުރައްވަ އެވެ. އެގޮތަށް ބަދަލު ކުރުން ގާނޫނުއަސާސީއާ ޚިލާފުވާނެ ކަމަށް ޑރ. ދީދީ ވިދާޅުވެއެވެ. ”މިފަދަ ގައިރުދުސްތޫރީ އަމަލަކަށް އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ފާޅުގައި ގޮވާލުމަކީ ’ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތަން‘ ރައީސުލްޖުމްހޫރިއްޔާ ކޮށްގެން ހުންނެވި ހުވަޔާއި ޚިލާފުވުން. އެއީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ހ. ގެ 1. ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަޒްލުކުރަންޖެހޭފަދަ އަމަލެއް،“ ކަމަށް އޭނާ ވިދާޅުވެއެވެ.
ޤާނޫނު އަސާސީން ސީދާ ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތައް ހަނިކުރުމުގެ ބާރެއް ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ފަރާތަކަށް ވެސް ލިބިގެނެއް ނުވެއެވެ. އަދި އެފަދަ ޤާނޫނެއް ބަދަލުކުރުމަކީ މަޖިލިސް މެންބަރުންނަށް ވެސް ކުރެއްވޭނެ ކަމެއް ނޫނެވެ. އެއީ ސީދާ ރައްޔިތުން ކުރެން އަހައިގެން ގޮތެއް ނިންމަންޖެހޭ ފަދަ ކަންކަމެވެ. އެހެން ކަމުން މިޙާލަތުގައި ރައީސުލްޖުމްހޫރިއްޔާ އަޒުލުުރެވިދާނެ ކަމަށް ޤާނޫނީ މާހިރުން ވިދާޅުވެއެވެ.
One Reply to “ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުރީ އަޒުލް ކުރަން ލަސްވެފައި – އުއްތަމަ ފަނޑިޔާރު (ކުރީގެ)”
ޖާނޭ
ބާބު އަވާގަ ވެރިކަމުގައިހުރި ހޮޅިމުއީޒް އަވަހަށް ވެރިކަމުން ދުރުކުރަންވީ ޤައުމު ހަފުސްވަނީ ވަރަށް ވަރަށްސާފް