މިލައުތުރު

އިޒްރޭލަށް ޣައްޒާ ދިނުމަށް މިސުރު އިސްވެ ހަދަން އުޅުނު ޑީލް ހަމާސް އިން ފަޅާއަރުވާލައިފި.

މިސުރު އިސްވެ ހަމާސް ޖަމާއަތާއެކު މަޝްވަރާކުރުމުގެ ނަމުގައި ހަދަން އުޅުނު ޑީލަށް އެމީހުން ނޫނެކޭ ބުނެ ފާޅުގައި އިހުތިތާޖު ކުރުމުން މިސްރާއެކު އަރަބި މުސްލިމު ބައެއް ޤައުމުތައް މުޅިން ބޭޒާރު ވެއްޖެއެވެ.

ފަލަސްޠީންގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތަށް މިސުރު މެދުވެރިކޮށް ހުށަހެޅި ޑީލަކީ ޣައްޒާ ދޫކޮށް ދާން އެއްބަސްވާނަމަ އެމީހުންގެ އެންމެ އިސް 300 މީހުންނަށް 2 ބިލިޔަން ޑޮލަރާއެކު ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ކަމަށް ވެއެވެ. އަދި ޣައްޒާ ނޫން ކޮންމެވެސް އެހެން ތަނެއްގައި އެމީހުންނަށް ވަޒަންވެރި ވެވޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށް ހަމާސް ޖަމާއަތުގެ ފަރާތުން މަޢުލޫމާތު ލިބިފައިވާ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފިއެވެ.

އިތުރަށް މަޝްވަރާކުރަން ބޭނުންނުވާ ކަމަށާއި، އެމީހުން ޣައްޒާ ދޫކޮށްދާން ހަދާނެ ޑީލެއް ނެތްކަމަށާއި، ތިޔައީ މުސްލިމުންތޯ ސުވާލުކުރި ކަމަށް ވެއެވެ. ނަފުސުގެ އެއްވެސް އަގެއް ހުރެ އަދި މުސްލިމުންގެ ގޮތުގައި ތިބެ އެފަދަ ޑީލެެއް ހަދަން އަންނަން ވެސް ނުކެރޭނެ ކަމަށް ބުނެ ފާޅުގައި އިހުތިޖާޖު ކުރުމުން މަޝްވަރާތައް ނިމުނީ ކަމުގައި އިއުލާން ކުރިކަމަށް ވެއެވެ.

One Reply to “އިޒްރޭލަށް ޣައްޒާ ދިނުމަށް މިސުރު އިސްވެ ހަދަން އުޅުނު ޑީލް ހަމާސް އިން ފަޅާއަރުވާލައިފި.”

  1. Magu

    misrakee hama firu aunu

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟