ށ. ފޭދޫގައި 14 އަހަރުގެ އަންހެން ކުއްޖަކު ކޮޓަރިއަކަށް ގެންގޮސްގެން ބަދުއަޚުލާޤީ އަމަލު ހިންގަން އުޅެނިކޮށް އުމުރުން 26 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން ކުއްޖާ ގެންގޮސްފައި ވަނީ ފިރިހެން މީހާ ދިރިއުޅޭ ކޮޓަރިއަށެވެ. އަދި އެކަން ފުލުހުންނަށް ރިޕޯޓުކުރުމުން ހަމަ ވަގުތުން އެގެއަށް ފުލުހުން ގޮސް، ކޮޓަރިއަށް ވަދެ، އޭނާ ވަނީ ހައްޔަރު ކޮށްފައެވެ.
އަންހެން ކުއްޖާއަކީ 18 ނުވާ ކުޑަ ކުއްޖަކަށް ވާތީ، އެކުއްޖާގެ ވަނަވަރު ވަނީ ސިއްރުކުރެވިފައެވެ. އެކުއްޖާ ކޮޓަރިއަށް ވަނީ ރުހުމުގައި ކަމެއް ނުވަތަ ގަދަކަމުން ވެއްދީކަމެއް ސާފެއް ނުވެއެވެ.
މި މައްސަލަ ފޭދޫ ޕޮލިހުން ވަނީ ތަޙުޤީޤުކުރަން ފަށާފައެވެ.
ތަފްސީލް އަންނަނީ…
One Reply to “ށ. ފޭދޫގައި ކުޑަ ކުއްޖަކު ކޮޓަރިއަށް ގެންގޮސް ބަދުއަޚުލާޤީ އަމަލު ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި.”
Sheikh
ލޯތްބެއް ނޫން ކޮންމެ އެއްޗެއް ކަރުވާތީ ކަމުގައި ވިޔަސް ރާއްޖޭގެ ގާނޫނުތަކަށް ބޯލަނބަން ޖެހޭނެ. 18 އަހަރު ނުވަނީސް ކޮޓަރިއަށް ގެންގޮސް ބޭނުންހާ ކަމެއް ނުކުރެވޭނެ.