މިލައުތުރު

ފަހުމީގެ އާދޭސް: ކަރަންޓަށް ސަމާލުނުވެއްޖެ ނަމަ އަންނަ މަހުގެ ބިލް ބޮޑު ވެދާނެ!

މިދިޔަ ބުރާސްފަތި ދުވަހަކީ މިހާތަނަށް ދުވަހަކު ވެސް ނުދެކޭ މިންވަރަށް ކަރަންޓް ބޭނުންކުރި މިންވަރު މައްޗަށް ދިޔަ ދުވަހެއް ކަމަށާއި، ރައްޔިތުން ކަރަންޓަށް ސަމާލު ނުވެއްޖެ ނަމަ ބިލް ބޮޑު ވެދާނެތީ، އެންމެން ވެސް ކަރަންޓަށް ސަމާލުވުމަށް ސްޓެލްކޯ އެމްޑީ ފަހުމީ އިލްތިމާސް ކުރައްވައިފިއެވެ.

އެމްޑީ ފަހުމީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”މިއަހަރުގެ މިހާތަނަށް މާލެ ސަަރަހައްދުގައި އެންމެ ގިނަައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު. އެ ދުވަހުގެ މެންދުރު ފަހު 3 ޖަހާ އެހާކަންހާއިރު 114 މެގަވޯޓުގެ ކަރަންޓު ބޭނުންކޮށްފައިވޭ. އަދި މިއަދުގެ 1 ޖެހިއިރު މާލޭގެ ލޯޑް ހުރީ 111 މެގަވޮޓްގައި .“ މިހެންނެވެ.

އަދި އިތުރަށް ވިދާޅުވެފައިވަނީ ”އެހެންކަމުން އަޅުގަނޑުމެން އެންމެން މިކަމަށް ސަމާލުވެ ފަރުދީގޮތުން ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދިނުމަކީ މުޖުތަމައު އާއި އަމިއްލަ ލާބަ އާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު ކަމެއް. ކަރަންޓު ހެޔޮގޮތުގައި ބޭނުންކޮށް، އިސްރާފު ނުކުރުމަށް އަޅުގަނޑުމެން އެންމެން ވެސް މަސައްކަތް ކުރަމާ،“ މިހެންނެވެ.

ފަހުމީގެ މި ޕޯސްޓާ ގުޅިގެން ބައެއް މީހުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ދަނީ ބުނަމުންނެވެ. އެހެނީ އަންނަ މަހުގެ ކަރަންޓް ބިލް ބޮޑު ވާނެކަން ޔަޤީންވީ ކަމަށް ބުނަމުންނެވެ. އެހެން ނަމަވެސް ފަހުމީގެ ނަޞޭޙަތެއް ވެސް އޭނާގެ ޕޯސްޓްގައި ހިމަނުއްވާފައި ވެއެވެ. އެއީ އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށާއި، ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމެވެ. އޭރުން ބިލް ބޮޑު ނުވާނެއެވެ.

One Reply to “ފަހުމީގެ އާދޭސް: ކަރަންޓަށް ސަމާލުނުވެއްޖެ ނަމަ އަންނަ މަހުގެ ބިލް ބޮޑު ވެދާނެ!”

  1. ޔޫސުފް

    ފަހުމީ ކަލޭ ކޯންޗެއް ހަދަން ތިޔަ އުޅެނި މީހުމް ނޫޅޭ ގޭ ތަކުގަވެސް ހަމަ އެހާ ބޮޱު ވާންޖެހޭތަ. އަދި ފަހުމީ ކަލޭވެސް ވަޒީފާދާނެ ދުވަސް މާދުރަކުނޫން އޮތީ އިނގޭ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟