މިލައުތުރު

މަންދީ އާއި މާޒް ސަލީމްއާ ދެ މީހުންގެ ފޮޓޯއެއް ހުސް ޖަނގިޔަލުގައި ފުލުހުން ނަގަނީ…

މަރިޔަމް ޒުބައިރު (މަންދީ) އާއި އަހްމަދު ސަލީމް (މާޒް ސަލީމް) ގެ ޖިންސީ ގުނަވަން ފިޔަވާ އެހެން ހުރިހާ ތަނެއް ބަރަހަނާކޮށް ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން ފުލުހުންނަށް ހުއްދަ ދީފިއެވެ.

ކްރިމިނަލް ކޯޓުން މިފަދަ އަމުރެއް ނެރުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުގެ ކަރާމާތަށް އަރައިގަތް ކަމަށް ބުނެ ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން ކަމަށް މަޢުލޫމާތު ލިބެއެވެ. އެ ދެމީހުންނަށް ފޮނުވި ޗިޓުގައި ވަނީ އެ ދެ މީހުންގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހާތަނެއް ފެންނަ ގޮތަށް ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާތީ، އެ ފޮޓޯ ނަގަން ފުލުހަށް ހާޒިރު ވުމަށްް އަންގާ ކަމަށެވެ.

މިފަދަ ފޮޓޯ ނަގަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މީހުންގެ އެވެ. މިއީ އެފަދަ ޙާލަތެއްތޯ މީހުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟