މިލައުތުރު

ޓެރިފާ ގުޅޭ ގޮތުން މަޝްވަރާކުރަން ވައިޓްހައުސްއަކަށް ނުދާނަން، ރައީސް ޓްރަމްޕު އިޓަލީއަށް އާދޭ –ބޮޑުވަޒީރު މެލޮނީ

އެމެރިކާއިން އިޢުލާން ކުރާ ޓެރިފަކާ ބެހޭ ގޮތުން މަޝްވަރާކުރަން އެމެރިކާއަށް ދާން ނުޖެހޭ ކަމަށާއި، އެއްވެސް މަޝްވަރާއެއް އޮތްނަމަ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ޖެހޭނީ އިޓަލީއަށް އަންނަން ކަމަށް ބުނެ ބޮޑުވަޒީރު ޖޯޖިއާ މެލޮނީ ފާޑުވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރު މެލޮނީ ވިދާޅުވީ އެމެރިކާއިން އިޢުލާން ކުރި ޓެރިފްގެ ސަބަބުން އިޓަލީއަށް ވެސް އަސަރުކުރާނެ ކަމަށާއި، އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށާއި، ޑީލެއް ހޯދުމަށްޓަކައި ވައިޓްހައުސްއަށް ދާންނުޖެހޭ ކަމަށާއި، އެއްވެސް މަޝްވަރާއެއް އޮތްނަމަ އެކަމަކާ މަޝްވަރާ ކުރައްވަން އެމެރިކާއިން ޖެހޭނީ އަންނަން ކަމަށެވެ.

އަދި އެމެރިކާއިން އެހެން ޤައުމުތަކަށް ކުރާ މަލާމާތާ ފުރައްސާރަތައް ހުއްޓާލަން ޖެހޭ ކަމަށެވެ. އެމެރިކާ ބޮޑުވެފައި ބާރު ގަދަ ވުމަކީ އެހެން ހުރިހާ ޤައުމަކުން އާދޭސްކޮށް ސަލާންޖަހަން ޖެހޭ ކަމެއް ވެސް ނޫން ކަމަށެވެ. ކޮންމެ ބައެއްގެ ވެސް އިއްޒަތަކާ އަބުރެއް އޮންނާނެ ކަމަށާއި، އެއަށް އިޙްތިރާމް ކުރަންޖެހޭނެ ކަމަށެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟