މިލައުތުރު

ޝައިޚް ނިޝާން މިއަދު ކޯޓަށް ހާޒިރު ކުރަނީ …

ޝައިޚް ނިޝާންގެ މައްޗަށްކޮށްފައިވާ ޓެރަރިޒަމްގެ ދަޢުވާގެ އަޑުއެހުމެއް، ގިނަ ދުވަސް ތަކަކަށްފަހު އަނެެއްކާވެސް މިވަނީ މިއަދު މެންދުރު 01:00އަށް ތާވަލުކޮށްފިއެވެ.

ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާ ޝައިޚް ފޭސްބުކްގައި ލިޔުއްވާފައި ވަނީ، ދަމަކުން ބަޑިއެއް ޖަހާހެން، އަހަރަކު 1 އަޑުއެހުން ތާވަލު ކުރުމުގެ ބަދަލުގައި މިމައްސަލަ ވީހާވެސް އަވަހަށް ކުރިޔަށް ގެންގޮސްދިނުމަށް ޖުޑިޝަރީއަށް ގޮވާލާ ކަމަށެވެ.

އަދި މިއީ އެއްވެސް އަޞްލެއް ނެތް ބާތިލު ދަޢުވާއެއްކަން ޘާބިތުކޮށްދޭން އަޅުގަނޑުމެން މިތިބީ ވަރަށް ޘާބިތުކަމާއެކުގައި ކަމަށެވެ. ދެރައީ މިހާރު ކޯޓުން ހުއްދަ ލިބިގެން ނޫނީ ފުރައިގެން ރާއްޖެއިން ބޭރަށްވެސް ދެވެން ނެތް ކަމަށެވެ. އަދި މިދަޢުވާ 5 އަހަރު 10 އަހަރަށް ދިގުލައިގެން ދިޔަޔަސް، ހަމަ މިހެން ތިބެންވީތޯ އާއި އެތައް ޙައްްްޤަކުން މަޙްރޫމްވެފައި ”ބަންދުގައި“ ތިބެންވީތޯ ސުވާލުއުފައްދަވާފައި ވެސް ވެއެވެ.

އަދި މިއީ ކިހާ ބޮޑު އަނިޔާއެއްތޯ ސުވާލު އުފައްދަވާ ޝައިޚް އިތުރަށް ވިދާޅުވީ، މިސަރުކާރުން އައު ޕީޖީއެއް ޢައްޔަނުކޮށް، މުރާޖަޢާ (ރިވިއު) ކުރަން ބޭނުންވާ މައްސަލަތައް ހުށައެޅުމަށް ހުޅުވާލުމުން، އެކަމަކަށް ހުށައަޅާފައިވީ ނަމަވެސް އަދިވެސް އެއްވެސް ޚަބަރެއް ނުވާކަމަށެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟