މިލައުތުރު

ށ. އަތޮޅު ކައުންސިލާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާ ގުޅިގެން ސައިންސް ކޯހެއް ހިންގަނީ…

މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން އެކުލަވާލައި މިހާރު ޢަމަކުރަމުން ގެންދާ އަތޮޅު ތަރައްޤީގެ 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭންގައި ހިމެނިފައިވާ ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތުގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އާއި އަތޮޅު ކައުންސިލާ ގުޅިގެން ”ސެޓްފިކެޓް ލެވެލް 4 ގެ ފައުންޑޭޝަން ސްޓަޑީޒް (ސައިންސް)“ ކޯހެއް އަތޮޅުގައި ހިންގުމަށް ނިންމަވައި ފުރުޞަތު ހުޅުވާލައިފިއެވެ.

އަތޮޅު ކައުންސިލުން ގެޒެޓްކޮށްފައިވާ އިޢުލާނެއްގައި ވަނީ، މިކޯހުގައި ބައިވެރިވެ ކިޔެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 އޭޕްރީލް 24 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އިޢުލާނާއެކު ދީފައިވާ އޮންލައިން ލިންކު މެދުވެރިކޮށް ފޯމް ފުރިހަމަކޮށް ހުށަހެޅުއްވުމަށެވެ. އަދި ކޯހާއި ބެހޭ އިތުރު ތަފްޞީލުތައް ހިމެނޭ ކަރުދާހެއް އެއްކަރުދާސް ކުރެވިފައިވާ ކަމަށެވެ. ނުވަތަ 6540470 އަށް ގުޅުއްވުމުން ވެސް މަޢުލޫމާތު ސާފުވާނެ ކަމަށެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟