މިލައުތުރު

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެޕީއަށް އެކަނި ވެސް 25 މިލިޔަން ރުފިޔާ ޚަރަދު ވެއްޖެ – އެންސްޕާ

މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ތެރެޕީ ދޭންޖެހޭ ފަރާތްތަކަށް ޚަރަދު ހަމަޖައްސައިދިނުމަށް އެދިފައިވާ 675 މީހުންނަށް 25.4 މިލިއަން ރުފިޔާ ޚަރަދުވެއްޖެ ކަމަށް އެންސްޕާއިން ބުނެފިއެވެ.

އެންސްޕާއިން ބުނޮ ގޮތުގައި ފައިސާގެ ބޮޑުބައި ޚަރަދުވީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނަށް ކަމަށެވެ. އެގޮތުން 18 އަހަރު ނުފުރޭ ކުދިންނަށް އެކަނި 24.8 މިލިއަން ރުފިޔާ ޚަރަދުވެފައި ވެއެވެ. އުމުރުން 18 އަހަރުން މަތީގެ 30 މީހުންނަށް ޚަރަދުވެފައި ވަނީ 1.2 މިލިއަން ރުފިޔާ އެވެ.

2024  ވަނަ އަހަރު ޖުމްލަ 1087 މީހަކަށް 96.7 މިލިއަން ރުފިޔާ ޚަރަދުވެފައި ވެއެވެ. އެއީ 1031 ކުދިންނަށް 94 މިލިއަން ރުފިޔާ އާއި 18 އަހަރުން މަތީގެ 54 މީހަކަށް 4.2 މިލިއަން ރުފިޔާ އެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟