ޝާން މުޙައްމަދު

ހަމާސް އަށް ފިއްތުންތައް ކުރިމަތިކުރުމަށް ނަތަންޔާހޫ އަމުރުކޮށްފި

ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަކުރަމުންދާ ހަމާސް އަށް ފިއްތުންތައް ކުރިމަތިކުރުމަށް ނިރުބަވެރި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމުރުކޮށްފިއެވެ.

ނަތަންޔާހޫ ހޮނިހިރު ދުވަހު ބުނީ މިގޮތަށް ކަންތައް ކުރުމަށް އޭނާގެ އަސްކަރިއްޔާއަށް އެންގީ މި ހަނގުރާމަ ހުއްޓާލުމަށް ހަމާސް އަށް ހުށައެޅުމުން އެކަމާ ހަމާސް އިން ދެކޮޅުހެދުމުން ކަމަށެވެ.

ޓީވީއަށް ދިން ޚިޠާބެއްގައި ނަތަންޔާހޫ ބުނީ ހަނގުރާމައިގެ ސަބަބުން ބޮޑު ހަރަދެއް ގޮއްސި ކަމަށާއި އެހެން ނަމަވެސް ނަސްރު ލިބެންދެން މި ހަނގުރާމަ ހުއްޓާނުލާ ކުރިޔަށް ގެންދާނެ ކަމަށެވެ.

މިސްރުގެ މެދުވެރިން އަދިވެސް އަންނަނީ މި ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލާ ހަމާސްއާ ދެމެދު މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކަމަށް އަދި އެއްވެސް އަލިމަގެއް ހޯދިފައިނުވާއިރު އެންމެ ފަހުންވެސް ހަނގުރާމަ ހުއްޓިފައި އޮތްވާ އަލުން ހަނގުރާމަ ފެށީ އިސްރާއީލުންކަން ފާހަގަ ކުރެވެއެވެ.

އޮކްޓޯބަރު 7، 2023 ގައި އިސްރާއީލަށް ހަމަލާދީ މި ހަމަލާތައް ފެށި ހަމާސްއިން ބުނަމުންދަނީ އިސްރާއީލުގެ އަސީރުން ދޫކުރެވެން އޮތީ ހަނގުރާމަ އެއްކޮށް ހުއްޓާލުމަށް އެއްބަސްވުމުން ކަމަށެވެ. ޣައްޒާގައި މިހާރުވެސް 59 މީހުން ރަހީނުކޮށްފައިވާއިރު، އޭގެ ތެރެއިން މިހާރު ދިރިތިބީ ދެބައިކުޅަ އެއްބައި މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.