އުސްތާޛް ޒަކީ

ޗައިނާ އިން އެމެރިކާއާ މެދު ޢަމަލުކުރަނީ ވަރަށް އަނިޔާވެރިކޮށް – ރައީސް ޓްރަމްޕު

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު އަމިއްލަފުޅަށް ތައާރަފު ކުރެއްވި ޓެރިފާ ގުޅިގެން ދުނިޔޭގެ އެހެން ހުރިހާ ޤައުމަކާ ޚިލާފަށް ޗައިނާ އިން ޢަމަލުކުރަނީ ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ޓްރަމްޕު މިހެން ވިދާޅުވީ ބޯއިން ކުންފުންޏާއެކު ޗައިނާއިން ކުރިން އެއްބަސްވެފައި ހުރި ވިޔަފާރި މުޢާމަލާތްތައް ވެސް ކެންސަލް ކުރުމާ ގުޅިގެންނެވެ. އެއީ ވަޢުދާ ޚިލާފުވުމެއް ކަމުގައި ސިފަކުރައްވާ ރައީސް ޓްރަމްޕު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.

ޓްރަމްޕު އިތުރަށް ވިދާޅުވީ ޗައިނާ އިން އެމެރިކާގެ ދަނޑުވެރިންނަށް ވެސް ވަރަށް އިހާނެތިކޮށް ހިތާ ކަމަށާއި، އޭގެ ބަދަލު އެހެން ކޮންމެވެސް މޮޅު ގޮތަކަށް ދެއްވާނެ ކަމަށެވެ. އެމެރިކާ އިން ފެށި ޓެރިފް ހަނގުރާމައިގާ ބެއިޖިން އޮތީ ދޫދޭގޮތަކަށް ނޫނެވެ.