މިލައުތުރު

ރައީސްގެ ފާހަކަފުޅުތަކުގައި ”ޕިޗް ޕާފެކްޓް“ ނުކުރެއްވިގެން އުޅުއްވެނީ ކީއްވެބާ!

އެއްވެސް ފާޑުކިއުމެއްނެތް ސަނާއާ ތައުރީފު އޮހެމުންދާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވާ ރަސްމީ ޙަފުލާތަކުގައި މުޅިންހެން ފެންނަނީ ”ޕިޗް ފާފެކްޓް“ ނުކުރެއްވިގެން އުޅުއްވާ މަންޒަރެެވެ.

އެންމެ ފަހުން ވާހަކަފުޅު ދެއްކެވި ޙަފުލާގައި ވެސް ފެނިގެންދިޔައީ ވިދާޅުވާން އުޅުއްވި އެއްޗެއް ވިދާޅުވާން ބޭނުންފުޅުވި ރާގުގައި ވިދާޅުނުވެވިގެން އުޅުއްވި މަންޒަރެވެ. މިއީ އެމަނިކުފާނުގެ ފަރާތްޕުޅުން އަބަދުވެސް ފާހަގަކުރެވޭ ކަމަށް މިވަނީ ވެފައެވެ.

ބޭންކަށް ޑޮލަރު މާރުކުރުމަށް މަޖުބޫރުކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ވިޔަފާރިވެރިންނަށް އަމާޒުކޮށް ފޮނުވާލެއްވި ރޮކެޓަކީ ވެސް ޕިޗް ޕާފެކްޓް ކޮށް ވިދާޅުވާން އުޅުއްވި ބަސްފުޅެއް ޙަމަލާއަކަށް ބަދަލުވީއެވެ.