ޔުނިވާސިޓީގެ ރައީސް ހާވަޑް ކޮމިއުނިޓީއަށް ފޮނުވި މެސެެޖެއްގައި ވިދާޅުވެފައިވަނީ ޔުނިވާސިޓީގެ ފަޚުރުވެރި ނަމާ މުސްތަޤިއްލުކަށް ގެއްލޭގޮތަށް ރައީސް ޓްރަމްޕުގެ ސަރުކާރުން ޢަމަލުކުރައްވާފައި ވާތީ ސަރުކާރާ ދެކޮޅަށް ދައުވާކުރަައްވަން ނިންމަވާފައި ވާކަމަށެވެ.
ރައީސް ޓްރަމްޕު ތުރުމަތު ކުރައްވާ ގޮތުގައި ހާވަޑް ޔުނިވާސިޓީއަކީ ނިރުބަވެރި ޙަރަކާތްތަކަށް ހިތްވަރުދޭ ތަނެކެވެ. އެެހެން ކަމުން ދައުލަތުގެ ފައިސާގެ އެހީތައް ކަނޑާލަންޖެހޭ ކަމަށެވެ. އަދި ފެޑެރަލް ފަންޑުގެ ގޮތުގައި ހަމަޖެހިފައިވާ 2.2 ބިލިޔަން ޑޮލަރު ވަނީ ހިފަހައްޓާފައެވެ.
އެންމެ ފަހުން އޮތް އެ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ޙަފުލާގައި، ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ޢަމަލުތައް ކުއްވެރިކޮށް، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ގޮވާލާ ދަރިވަރުން ވަނީ މުޒާހަރާ ކޮށްފައެވެ. މިކަމާ ވެސް ރައީސް ޓްރަމްޕު ވަނީ ވަރަށް ބޮޑަށް ކޯފާވެފައެވެ.