މިލައުތުރު

ވެއްޓުން ކުއްޖާއާ ބެހިފައެއް ނެތް، ވެއްޓުނީ މަސްތުގައި ފެންލައިޓެއް ދޮރެއް ވަކިނުވެ ފުންމާލުމުން – ފުލުހުން

ހެންވޭރު ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު އުމުރުން 21 އަހަރުގެ އަންހެން ކުއްޖާ ވެއްޓުނީ ޖެހިގެން ހުރި އިމާރާތުގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން ކަމަށާއި، އޭނާ ހުރީ ވަރަށް ބޮޑަށް މަސްތުވެފައި ކަމަށް ދިވެހި ފުލުންގެ އިދާރާއިން ރޭގައި ބުނެފިއެވެ.

މި ހާދިސާއާ ގުޅޭ ގޮތުން މައުލޫމާތު ދޭން ފުލުހުން ކުއްލި ގޮތަކަށް ބޭއްވި ”ކްލޯސްޑޯ“ ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ހާދިސާ ހިނގި ވަގުތުގެ ސީސީޓީވީ ފުޓޭޖުތައް ދެއްކި ކަމަށް ވެއެވެ. އެ ވީޑިއޯއިން ފެންނަނީ އަނިޔާވި އަންހެން ކުއްޖާ އާއި އޭނާއާ އެކު ހުރި އުމުރުން 21 އަހަރުގެ އެހެން ފިރިހެން ކުއްޖަކު ހުސްފައިގައި ހިނގާފައި ދާތަން ކަމަށާއި، އެހެން ކަމުން ދެ މީހުން ތިބީ ހުސްފައިގާ ކަން އެނގޭ ކަމަށެވެ.

ދެ މީހުންނަކީ ހ. ފެންޓޯނިއާއަކީ އެ މީހުންނާ އެއްވެސް ގުޅުމެއް އޮތް ބައެއް ނޫންކަން ތަހުޤީޤަށް ހޯދިފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ވަދެވުނީ ބޭރު ދޮރު ތަޅު ނުލައި ހުރުމުން ކަން ވެސް ހޯދިފައިވާ ކަމަށާއި، ތަހުޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.