މިލައުތުރު

ޗައިނާ ސައިޒެއް ނުކުރެވުން، ރައީސް ޓްރަމްޕު އުނބަށް ޖަހައިިފި.

ޗައިނާއަށް ކަނޑައެޅު ޓެރިފް ރޭޓް ބަދަލު ނުކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވުމަށް ފަހު އެ ނިންމުން ބަދަލުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެ އުނބަށް ޖަހައިފިއެވެ.

ޗައިނާގެ މުދަލުން 145 ޕަސެންޓުގެ ޓެރިފް ނަގަން ނިންމާފައިވާ ނިންމުމަށް އިޝާރާތް ކުރައްވައި ޓްރަމްޕު އަމިއްލަފުޅަށް ވިދާޅުވީ އެއީ ފުކެއް ބޮޑު އަދަދެއް ކަމަށެވެ.

ރައީސް ޓްރަމްޕު ވިދާޅުވީ، “ %145 އަކީ ވަރަށް ބޮޑު އަދަދެއް. މި އަދަދު ވަރަށް ބޮޑަށް ދަށްކުރާނެ. އެކަމަކު އެއީ ސުމަކަށް ނުވާނެ“ މިހެންނެވެ.

ޕްރައިވެޓް އިންވެސްޓްމަންޓް ކޮންފަރެންސެއްގައި ވިދާޅުވެފައި ވަނީ ޗައިނާއާ އެކު ހިނގަމުންދަނީ ދެމެހެއްޓެނިވި ހަނގުރާމައެއް ނޫން ކަމަށާއި ވަރަށް އަވަހަށް އެ ހާލަތު ބަދަލުވެ ލުއިތައް ދެއްވަން ގަސްދުކުރައްވާ ކަމަށެވެ.

ޗައިނާ ރައްދު ދީ އެމެރިކާގެ މުދަލުން %125 ޓެރިފް ނަގަން ނިންމާފައި ވެއެވެ. އަދި ބުނެފައިވަނީ އެމެރިކާއިން ދެން އިތުރަށް ބޮޑު ކުރިޔަސް ރައްދުގައި ބޮޑު ނުކުރާނެ ކަަމަށެވެ.