މިލައުތުރު

ކުއްޖާ ވެއްޓުނު ހާދިސާގެ ޚަބަރުތައް ފެތުރުން ގޯސްވެ، ބްރޯޑްކޮމްގެ ކަންބޮޑުވުމާ އިންޒާރުތައް ފުލު ފުލުގާ ޓީވީތަކަށް

މާލޭގެ އުސް އިމާރާތަކުން މީހަކު ވެއްޓުނު ޚަބަރުތައް ގެނެސްދޭތާ 6 ދުވަސް ފަހުން ބްރޯޑްކޮމްގެ އިންޒާރުތަކެއް ޓީވީތަކަށް ދީފިއެވެ. އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުތަކާ ޚިލާފުވާ ނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ބަޔާނެއް ނެރުނީ މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ބުރިން ޒުވާނަކު ވެއްޓުމާ ގުޅިގެން އެކަމުގައި އެކަމުގައި ޝާމިލުވާ ފަރާތްތައް ހައްޔަރުކޮށް އެ އަންހެން ކުއްޖާއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާ ޒުވާން ޖީލުން އިސް ނަގައިގެން ބޭއްވި މުޒާހަރާ ރާއްޖެ ޓީވީން ލައިވްކޮށް ދެއްކި މައްސަލައިގައެވެ.

ބްރޯޑްކޮމުން ބުނީ އެއްވެ އުޅުމުގެ ގާނޫނުގައި ކޮމިޝަނުން ލައިސަންސް ދޫކޮށްގެން ރާއްޖޭގައި ބްރޯޑްކާސްޓް ކުރާ ހުރިހާ ފަރާތްތަކުން ރާއްޖޭގައި ބާއްވާ މުޒާހަރާތަކާއި އެއްވުންތައް ބްރޯޑްކާސްޓް ކުރުމުގައި އަމަލުކުރުން ލާޒިމުވާ ކަންކަން ފުރިހަމައަށް ބަޔާންެވެގެން ވާ ކަަމަށާއި، އެއަށް އަމަލުކުރުން ވެސް ލާޒިމް ވާނެކަން ހަނދާންކޮށްދީފައެވެ.

އަދި ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އަކީ ހުރިހާ ވަގުތެއްގައި ވެސް އަމަލު ކުރަންޖެހޭ މިންގަނޑެއް ކަމަށާއި، ބްރޯޑްކާސްޓު ކުރުމުގެ ގާނޫނާ ގަވައިދާ ޚިލާފަށް އެފަދަ އެއްވުންތަކާއި މުޒާހަރާތައް ނުދެއްކުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

3 Replies to “ކުއްޖާ ވެއްޓުނު ހާދިސާގެ ޚަބަރުތައް ފެތުރުން ގޯސްވެ، ބްރޯޑްކޮމްގެ ކަންބޮޑުވުމާ އިންޒާރުތައް ފުލު ފުލުގާ ޓީވީތަކަށް”

  1. Bahabaru

    Lave kohdhakkan jehey thiulenee hurihaa kameh sirru kuran

  2. Kudey

    Journalist nunge anga bandhukolee dho broadcom in .

  3. Ahmed

    Varah rangalhu vahakaeh ehvunuge baiverin kiyaa ehchesaa jahsaa vatharakee aamu izthimaaee mingadaa khilaaf manzaru ehenveema hutuvanjehay

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟