ދިވެހިރާއްޖޭގެ ދިފާއީ ވުޒާރާއަށް 1،000 ގޮދަޑި ހޯދައިދޭނެ ފަރާތެއް ހޯދަން އެ ވުޒާރާއިން އިއުލާންކޮށްފިއެވެ.
އެ ވުޒާރާއިން ބުނީ މި ގޮދަޑިތައް ސަޕްލައިކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 18 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ދިފާއީ ވުޒާރާއިން ބުނީ މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 1،000ރ . ވެސް ހުށަހަޅަން ޖެހޭނެ ކަަމަށާއި ބިޑް ސެކުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީހުން ފަށައިގެން 90 ދުވަސް ކަމަށެވެ.
ބިޑް ސެކިއުރިޓީ ހުށަނާޅާ ފަރާތްތަކުގެ ބީލަން ބާތިލުވާނެ ކަމަށް ވެސް ވުޒާރާއިން ބުންޏެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރުތަކުން 9772601 , 3327881 ހޯދޭނެ އެވެ.