މިލައުތުރު

އިމާރާތުން ވެއްޓުނު ކުއްޖާއަށް އިންސާފަށް ގޮވާލާ ޒުވާނުން ސިލްސިލާކޮށް މުޒާހަރާ ކުރަނީ…

މާލޭ ހެންވޭރުކޮޅުގައި ހުންނަ އިމާރާތެއްގެ ނުވަ ވަނަ ފަންގިފިލާއިން، ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ޒުވާނާ އަށް އިންސާފު ހޯދައިދީ، އެކަމުގައި ޝާމިލުވާ މީހުން ހައްޔަރު ކުރަން ގޮވާލައި ޒުވާނުން މިރޭ ވެސް މުޒާހަރާ ކުރަނީއެވެ.

އުމުރުން އެންމެ 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ވެއްޓިފައި އޮއްވައި ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުއެވެ. ދިވެހި ފުލުހުން އެ މައްސަލައިގެ ތަހުގީގު ކުރަމުން ގެންދާ ގޮތުން ގިނަ ބައެއްގެ ހިތްހަމަނުޖެހުންތައް ވަނީ އަމާޒުވެފަ އެވެ. ތަހުގީގާ ގުޅޭ ކަންބޮޑުވުންތަކާއެކު ހެންވޭރު ޕޮލިސް ސްޓޭޝަން ސަރަހައްދަށް ޒުވާނުންގެ ގިނަ ބަޔަކު އެއްވެ ފެށި މުޒާހަރާ މިވަނީ ސިލްސިލާ މުޒާހަރާއަކަށް ބަދަލުވެފައެވެ.

ޒުވާނުން ބުނަމުން ގެންދަނީ ވެއްޓުނު އަންހެން ކުއްޖާގެ ޙައްޤުގައި ކުރަމުން ގެންދާ މުޒާހަރާ ހުއްޓާލާނީ އޭނާއަށް އިންސާފު ލިބުމުން ކަމަށެވެ. އެހެން ނޫނީ އެމީހުންގެ މަސައްކަތެއް ނުހުއްޓާނެ ކަމަށާއި، ނުވެސް ހުއްޓުވޭނެ ކަމަށެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟