މިލައުތުރު

ބިލްޑް އެކްސްޕޯ-2025 ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ފެށިއްޖެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އެންޑް އިންޑަސްޓްރީން އިންތިޒާމުކުރާ ”ބިލްޑް އެކްސްޕޯ-2025“ މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފެށިއްޖެއެވެ.

ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ރާއްޖޭގެ ވިޔަފާރިތަކާއި، ރާއްޖޭން ބޭރުގެ ވިޔަފާރި ކުންފުނިތަކުން ބައިވެރިވާ މި އެކްސްޕޯ ކުރިއަށްދާނީ 24 – 27 އޭޕްރީލް 2025 ގެ ނިޔަލަށެވެ.

ރަސްމީކޮށް އެކްސްޕޯ މިއަދު ހުޅުވުމާއެކު ގިނަ އަދަދެއްގެ މީހުން ޒިޔާރަތް ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ. ފޯނުން ކިއުއާރު ކޯޑް ސްކޭން ކޮށްލައިގެން ރެޖިސްޓެރޭޝަން ފުރިހަމަ ކޮށްލެވޭ މި އެކްސްޕޯއަށް ހަމަ ކޮންމެ މީހަކަށް ޒިޔާރަތް ކޮށްލެވޭނެއެވެ.