މިލައުތުރު

ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ ކުންފުނިން ނެގުމަށް 18 މިލިޔަން ޑޮލަރު ދޭންޖެހޭތީ މީހުން ޖޯކު ޖަހަނީ..

ގދ. ކާޑެއްދޫގައި ވިލާއިން ހިންގާ ޑޮމެސްޓިކް އެއާޕޯޓު ސަރުކާރަށް ނެގުމަށްޓަކައި 18 މިލިޔަން ޑޮލަރުގެ ބަދަލެއް ދޭންޖެހޭތީ، ސޯޝަލް މީޑިޔާގައި މީހުން އެކަމަށް ޖޯކުޖަހަން ފަށައިފި އެވެ.

އެއާޕޯޓުގެ ޙާލަތު ދަށަށް ގޮސް، ހުވަދޫ ރައްޔިތުންގެ ޝަކުވާތައް އިންތިހާއަށް އިތުރު ވުމުން، އެތަން ޤާސިމް އިބްރާހީމްގެ ވިލާ ކުންފުނީގެ އަތުން ނެގުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެހެން ނަމަވެސް، ވިލާއިން ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް 18 މިލިޔަން ރުފިޔާގެ ބަދަލެއް ދިނުމަށް ޑިމާންޑް ކުރާތީ، އެކަމަށް މީހުން ޖޯކުޖަހާ މަލާމާތް ކުރަން ފަށައިފި އެވެ. އެތަނަށް ވިލާއިން ގެނެސްފައިއޮތް އެއްވެސް ތަރައްޤީއެއް، މަރާމާތެއް ނެތެވެ. މުޅި އެއާޕޯޓް ވަނީ ވީރާނާގެ ހަލާކުވެފައެވެ.

ބައެއް މީހުން ބުނެފައިވާ ގޮތުގައި ސަރުކާރުން ވިލާއަށް 18 މިލިޔަން ދީގެން ނުވާނެއެވެ. އޭގެ ބަދަލުގައި ހުވަދު އަތޮޅުގެ ރައްޔިތުންނަށް ޖެއްސި ތަކުލީފަށާއި، ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެއަށް ވުރެ ބޮޑު އަދަދެއް ވިލާއިން ނަގައިދޭން ޖެހެއެވެ. ބައެއް މީހުން ތުހުމަތު ކުރާގޮތުގައި ޤާސިމް އިބްރާހީމް އަކީ އަަބަދުވެސް ދައުލަތް ނޮޅާލައިގެން މުއްސަނދިކަން ހޯދާ މީހެކެވެ. ފައިސާ ފައިސާ ނޫން އެއްޗެއް ހިތުގައި ވެސް ދުލުގައި ވެސް ނެތް މީހެކެވެ. އަދި ޤާސިމް މެން ބުނާހާގޮތެއް ހެދުން ސަރުކާރުތަކުން ހުއްޓާލަން ވެއްޖެ ކަމަށެވެ.