އެލްސޯފާގެ މައްސަލަ ބަލަން ”އަދަދު“ ނޫހުގެ އޮފީސް ބަލާފާސްކުރަނީ

ޝާން މުޙައްމަދު | 27 އޭޕްރީލް 2026 | ޚަބަރު

އެލްސޯފާގެ މައްސަލައާއި ގުޅިގެން ތަހުގީގު ކުރެއްވުމަށް ރައީސް މުއިއްޒު އެންގެވުމުން އޮންލައިން ނިއުސް ”އަދަދު“ ނޫހުގެ އޮފީސް ބަލާފާސްކުރަން ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ އެތަނުގެ މުވައްޒަފުންވެސް ބޭރުކޮށްފައެވެ.

ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަންއިރު މި މައްސަލަ އަކީ ރައީސް މުހައްމަދު މުއިއްޒު ކައިވެނީގެ ބޭރުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް އެ ނޫހުން ހެދި ޑޮކިއުމެންޓްރީގެ މައްސަލަ ބެލުމަށް ފުލުހުން ހިންގާ އޮޕަރޭޝަނެކެވެ.

ރައީސް މުއިއްޒު މިއަދު ވަނީ އަދަދު ނޫހުގެ ނޫސްވެރިއަކަށާއި އަދަދު އަށް ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އަންހެން މީހާ ކުރި ތުހުމަތުތަކާ ގުޅޭ ގޮތުން އެ ނޫހުގެ ނޫސްވެރިޔަކު ސުވާލު ކުރެއްވުމުންނެވެ. އަދި އެމަނިކުފާނު ވިދާޅުވީ އެ ނޫހުން ގެނެސްދިން ޑޮކިއުމެންޓަރީގައި ހުރީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.